އދ ވޯޓާއެކު ރާއްޖޭގެ ހާރިޖީ ސިޔާސަތައް ދުންޔާ ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ!
ޗާގޯސް އައިލޭންޑް ނުވަތަ ފޯޅަވަހީގެ ރަށްތައް މޮރިޝަސްއާއި ހަވާލުކުރުމަށް އދ.ގެ އާންމު މަޖިލީހުގައި އިއްޔެ ރޭ ނެގުނު ވޯޓުގައި ރާއްޖެއިން ދިން ވޯޓާއެކު ރާއްޖޭގެ ހާރިޖީ ސިޔާސަތައް ދުންޔާ މައުމޫން ފާޑުވިދާޅުވެއްޖެއެވެ.
ޗާގޯސްގެ ރަށްތައް އިނގިރޭސީންގެ އަތުން ނަގައި، މޮރިޝަސްއަށް ދިނުމަށް ދެކޮޅު ހެދި 6 ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނެއެވެ.
މި މައްސަލާގައި ކުރީގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫން ވިދާޅުވެފައިވަނީ އެހެން ގައުމެއްގެ އަތް ދަށަށް ގައުމެއް ގެންދިއުމަށް ވޯޓު ދިނުމަކީ ކޮން ކަހަލަ ހާރިޖީ ސިޔާސަތެއްތޯ ވިދާޅުވެ ރާއްޖޭގެ ޚާރިޖީ ސިޔާސަތަށް ފާޑުވިދާޅުވެ ސުވާލު އުފައްދާފައެވެ.
Very true @aimanrasheed! What kind of foreign policy supports foreign domination and voting against a UN backed resolution against our fellow Indian Ocean countries! @MDVForeign https://t.co/IzW76aSFA4
— Dunya Maumoon (@dunyamaumoon) May 23, 2019
ދިވެހިންނާއި މާބޮޑު ތާރީޚީ ގުޅުމެއް ނެތަސް ކައިރީގައިވާ މި ރަށްތަކުގެ ވަޒަންވެރިންގެ ގޮތުގައި ތިބި ފަރާތްތަކަކީ މިހާރު މޮރިޝަސްއާއި ސީޝެލްްސްގެ ރަށްވެހިންނެވެ. މޮރިޝަސްގެ ބާރުގެ ދަށުގައި ކުރިން މި ރަށްތައް އޮތްއިރު، އިނގިރޭސި ސަރުކާރުންވަނީ ތިން މިލިޔަން ޕައުންޑަށް ގަނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް