ރައީސްގެ އެޑްވައިޒަރު ހަލީލް، އިކޮނޮމިކް ކައުންސިލަށް އައްޔަނުކޮށްފި
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އެޑްވައިޒަރެއްގެ ގޮތުގައި ހުންނެވި، މުހައްމަދު ހަލީލް އިކޮނޮމިކް ކައުންސިލަށް އައްޔަނުކުރައްވައިފިއެވެ.
މިކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވޮއިސްއަށް ވަނީ ކަށަވަރުކޮށްދީފައެވެ.
ހަލީލް މިހާތަނަށް ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް އޮން ޓޫރިޒަމް ޑިވެލޮޕްމަންޓްގެ މަގާމުގައެވެ. ހަލީލް އިކޮނޮމިކް ކައުންސިލަށް ބަދަލުކުރައްވާފައިމިވަނީ، އޭނާގެ މަސްލަހަތު އޮންނަ ކުންފުންޏަކުން ސަރުކާރުގެ ޑޮލަރު މާރުކުރުމުގެ ސިޔާސަތާ ނުރުހޭކަން ހާމަކޮށްފައިވަނިކޮށެވެ.
ހަލީލަކީ ކުޑަހުވަދޫ އެއާޕޯޓް ހިންގާ ކުންފުނީގެ އިތުރުން މަންތާއެއާ އަދި ޓޫރިޒަމް ވިޔަފާރީގައި ހަރަކާތްތެރިވާ ބޭފުޅެކެވެ. އޭނާ ވަނީ ދިވެހި ޓްރެވަލް އެޖެންޓުންގެ ޖަމިއްޔާ، މަޓާޓޯގެ ރައީސްކަންވެސް ކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް