ސިނަމާލެ ބްރިޖްގައި ނުރައްކާތެރި އެކްސިޑެންޓެއް
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ސިނަމާލެ ބްރިޖްގައި މީގެ ކުޑައިރުކޮޅެއް ކުރިން ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ އާންމުން ދަތުރުކުރާ ބަހަކާއި ކާރެއް ޖެހިގެންނެވެ. ފޮޓޯއިން ފެންނަގޮތުގައި ބަހުގެ ފަހަތު ލޯގަނޑު ތަޅައިގެން ގޮސްފައިވާއިރު ކާރުގެ ކުރީކޮޅަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
އެކްސިޑެންޓްގައި މީހަކަށް އަދި އެހެން އުޅަނދަކަށް ގެއްލުން ލިބުނުކަމެއް އަދި ސާފެއް ނުވެއެވެ. މިހާތަނަށް ލިބުނު ނުރަސްމީ މައުލޫމާތުތަކަށް ބަލާއިރު މި އެކްސިޑެންޓް ހިނގަން ދިމާވީ ބަހުގެ ކައިރިން ކާރު އަވަހަށް ކުރިއަރަން ހަދައިގެންނެވެ. ނަމަވެސް މިކަން އަދި ފުލުހުން ކަށަވަރުކޮށެއް ނުދެއެވެ.
ސިނަމާލެ ބްރިޖްގެ އެކި ސަރަހައްދުތަކުގައި ކެމެރާ ހަރުކޮށްފައިވާއިރު، ހާދިސާ ހިނގަން ދިމާވި ސަބަބު، ވީޑިއޯއަށް ބެލުމަށްފަހު މިހާރު ފުލުހުންނަށް ވަރަށް އަވަހަށް ދެނެގަނެވެއެވެ. ނަމަވެސް މި ހާދިސާ އާ ގުޅޭގޮތުން ފުލުހުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް