މެޖިސްޓްރޭޓް ހަސަން ދީދީ ސަސްޕެންޑްކޮށްފި
ޖުޑީޝަލް ސާރވިސް ކޮމިޝަނުން ގއ.ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ހަސަން ދީދީ ސަސްޕެންޑްކޮށްފިއެވެ.
އެ މެޖިސްޓްރޭޓް ސަސްޕެންޑްކޮށްފައިވަނީ ޖޭއެސްސީން ބަލަމުންދިޔަ މައްސަލައަކާއި ގުޅިގެންނެވެ.
އޭނާގެ ގިނަ މައްސަލަތަކެއް ޖޭއެސްސީން ބަލަމުންދާކަން އެނގިފައިވެއެވެ.
މީގެއިތުރުން ހުޅުމާލޭ ކޯޓުގައި ވަގުތީގޮތުން މަސައްކަތް ކުރާ މެޖިސްޓްރޭޓް ހުސައިން ރަޝީދު އެ ކޯޓަށް ބަދަލުކުރި މަގުސަދު ހާސިލުނުވާ ކަމަށް ހުސައިން ރަޝީދުގެ މައްސަލަ ބަލާ ކޮމިޓީއަށް ފެންނާތީ، އަންނަ މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ކުރިން އޭނާ މަސައްކަތްކުރި ފުވައްމުލަކު ކޯޓަށް އަނބުރާ ބަދަލުކުރުމަށް ވަނީ ނިންމާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް