އައިޖީއެމްއެޗްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
މި އަލިފާނުގެ ހާާދިސާ ހިނގާފައިވަނީ އައިޖީއެމްއެޗްގެ އިންޖީނު ރޫމްގައި ހުރި ޖެނެރޭޓަރެއްގެ ބެޓެރިއެއްގައެވެ.
މި އަލިފާންގަނޑު ރޯވުމުން ކުޑައިރުކޮޅެއްގެ ތެރޭގައި އެމްއެންޑީއެފްގެ ފަޔަރ އެންްޑް ރެސްކިޔުއިން ވަނީ އެ އަލިފާންގަނޑު ނިއްވާލާފައެވެ.
އެ ހޮސްޕިޓަލްގެ ތެރެއަށް މިކަމާއި ގުޅިގެން ދުން ފެތުރުނު އިރު، މި އަލިފާނުގެ ހާދިސާއާއި ގުޅިގެން އެއްވެސް ފަރާތަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.
މި ހާދިސާއާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި އައިޖީއެމްއެޗްގެ އިމަރޖެންސީ ރޫމްގައި ތިިބި ބައެއް މީހުން އެހެން ތަންތަނަށް ބަދަލުކުރެވުނުކަމަށް މައުލޫމާތު ލިބެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް