ސްރީލަންކާގެ ރައީސް މާދަމާ ރާއްޖެ ވަޑައިގަންނަވަނީ
ސްރީލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސަނަޔަކެ, ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް، ރަސްމީ ދަތުރުފުޅެއްގައި މާދަމާ ރާއްޖެ ވަޑައިގަތުމަށް ނިންމަވައިފި އެވެ.
އަނޫރާ ކުމާރަ ޑިސަނަޔަކެ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ސްރީލަންކާއާއި ރާއްޖެއާ ދެ ޤައުމުގެ ޚާރިޖީ ގުޅުމަށް 60 އަހަރު ފުރުމާ ދިމާކޮށެވެ.
ސްރީލަންކާގެ ރައީސް ކުރައްވާ މި ދަތުރުފުޅުގައި ރާއްޖެއާއި ސްރީލަންކާއާ ދެ ޤައުމުގެ ދެމެދުގައި ފައިދާހުރި ދާއިރާތަކުން ގުޅުން ބަދަހިކުރެއްވުމަށް މަޝްވަރާތަކެއް ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
ފާހަގަކޮށްލަންޖެހޭ ގޮތުގައި މިއީ ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ސްރީލަންކާގެ ރައީސް ޑިސަނަޔަކަ ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހެވެ. އެހެންކަމުން މިއީ ދެ ޤައުމުގެ ސިޔާސީ ގުޅުމަށް 60 އަހަރު ފުރޭ އަހަރެވެ. އެދުވަހަކީ ރާއްޖެއަށް މިނިވަންކަން ވެސް ލިބުނު ދުވަހެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް