އިންޑިއާގެ ޓާޓާއިން އިމާރަތްކުރި ފްލެޓުން ބިއްލޫރި ގަނޑެއްވެއްޓި މީހަކަށް އަނިޔާވެއްޖެ
ކުރީގެ އަރަބިއްޔާ ސްކޫލް ހުރި ބިމުގައި އިންޑިއާގެ ޓާޓާ އިން ހަދާފައިވާ މާލޭ ގްރޭންޑް ފްލެޓް އިމާރާތުގެ ކުޑަ ދޮރެއްގެ ބިއްލޫރި ގަނޑެއް ވެއްޓި މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ހާމަކުރިގޮތުގައި މި ހާދިސާގެ ރިޕޯޓް ލިބުނީ މިއަދު މެންދުރު 12:10 އެހާއިރުއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މައުލޫމާތު ދެއްވިގޮތުގައި މި ހާދިސާގައި އަނިޔާ ވެފައިވަނީ 36 އަހަރުގެ އަންހެނަކަށެވެ. އަންހެންމީހާގެ އަތް ކަފައިގެން ދިޔުމުގެ އިތުުރުން މާބޮޑު އަނިޔާއެއް ލިބިފައިނުވާކަމަށް ފުލުހުން ހާމަކުރެއެވެ.
އޭނާ އައިޖީއެމްއެޗް ހޮސްޕިޓަލަށް މިހާރު އަންނަނީ ފަރުވާދެމުން އަންނަ ކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.
އިންޑިއާގެ ޓާޓާއިން އަޅާފައިވާ މި ފްލެޓްއަކީ ފެންވަރު ދަށްކަމަށް ފްލެޓްތަކެއްކަމަށް އެ އިމާރާތުގައި ދިރިއުޅޭ ފަރާތްތަކުން އަންނަނީ ކުރަމުންނެވެ.
މާލެ ގްރޭންޑްގައި މީގެ ކުރިންވެސް ބިއްލޫރި ދޮރު ތަޅައިގެންދިޔުމުގެ ހާދިސާ ހިނގާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް