ޖަރުމަނުގައި ދިވެހިބަހުން އީސާއީ ދީނުގެ ފޮތްތަކެއް ބަހައިފި
ދިވެހިބަހުން ތައްޔާރުކޮށްފައިވާ އީސާގެފާނާއި އީސާއީދީނާއި ބެހޭ ފޮތްތަކެއް، ޖަރުމަންވިލާތުގައި ބަހައިފިއެވެ.
މިފޮތްތައް ބަހާފައިވަނީ ޖަރުމަންވިލާތުގައި ކުރިއަށްދާ ފަތުރުވެރިކަމުގެ ފެއަރ، އައިޓީބީ ބާރލިންގައެވެ.
އަހުމަތު ތޯރިފް ކިޔާ ފަރާތަކުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ މި ފޮތްތައް ބެހީ އައިޓީބީ ބާލިންގެ ރާއްޖޭގެ ސްޓޭންޑަށް އައި ފަރާތެއްކަމަށާއި އެމީހަކު މިފަދަ އެއްޗެއް ހެދީ ކިހިނެއްތޯ ސުވާލުއުފެދޭ ކަމަށެވެ.
އެފޮތުގެ އެތެރޭގައި ވަނީ އީސާގެފާނުގެ ވާހަކައާއި އެ ދީނުގެ ވާހަކަތައް ހިމަނާފައެވެ.
މިފޮތުގެ އެތެރޭގައިވާ ގޮތުގައި މިއީ ސިންގަޕޫރުގައި ހިންގާ ސީދާހިތުން ކިޔާ ފަރާތަކުން ތައްޔާރުކޮށްފައިވާ ފޮތެކެވެ.
މީގެ ކުރިންވެސް ދިވެހިބަހުން އީސާއީދީނުގެ ފޮތްތައް ޗާޕްކޮށް ބެހުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. ރާއްޖެއަށް ޣައިރުދީންތަކުގެ ލިޔުންތަކާއި ބުދުތައް ގެނައުމަކީ މަނާކަމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް