ރާއްޖެ ސަރަހައްދުގައި އުޅުނު ބޭރުގެ ދެ މަސްބޯޓު އަތުލައިގަނެފި
ރާއްޖޭގެ އިޤްތިސާދީ ސަރަހައްދުގެ ތެރޭގައި ޤާނޫނާއި ޚިލާފަށް ހަރަކާތްތެރިވަމުންދިޔަ 2 މަސްބޯޓު، އެމް.އެން.ޑީ.އެފް ކޯސްޓްގާޑް ހުރަވީގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
އެމް.އެން.ޑީ.އެފް.އިން މިކަމާއި ގުޅިގެން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެގައިވަނީ މި 2 މަސްބޯޓަކީ ބޭރު ޤައުމަކަށް ނިސްބަތްވާ ދެބޯޓްކަމަށާއި މިހާރު މި 2 މަސްބޯޓް ވަނީ ކޯސްޓްގާޑުގެ ބެލުމުގެ ދަށުގައި ކަމަށެވެ.
ބޭރުގެ ދެ މަސްބޯޓު ރާއްޖޭގެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާކަން އެމް.އެން.ޑީ.އެފްގެ ސަމާލުކަމަށް އައިސްފައިވަނީ މިމަހުގެ 22 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށް އެމް.އެން.ޑީއެފް އިން ވަނީ ބުނެފައެވެ.
ގަވާއިދާ ހިލާފަށް ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގެ ތެރެއަށަ ވަނުމުގެ ސަބަބުން މި 2 މަސްބޯޓާމެދު ޤާނޫނުގައިވާ ގޮތުގެމަތިން ފިޔަވަޅު އެޅުމަށްޓަކައި އެ 2 ބޯޓް ފުލުހުންގެ ޚިދުމަތާ ހަވާލުކުރުމަށް މިހާރު މާލެ ގެނެވިފައިވާ ކަމަށް އެމް.އެން.ޑީ.އެފް އިން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް