ގްރީން ބީންސް ކަރީ
ބޭނުންވާތަކެތި
2 ޖޯޑު ފެހިތޮޅި ( ކޮށާފައިހުރި)
2 ފިޔާ ( ކޮށާފައި)
2 ލޮނުމެދު ( ގާނާފައި)
1 ހިކަނދިފަތް
2 މޭޒުމަތީ ސަމުސާ ހަވާދު
3 ރާނބާފަތްކޮޅު ( 1 އިންޗިއަށް ބުރިބުރިކޮށްފައިހުރި)
2 މޭޒުމަތީ ސަމުސާ ޓޮމާޓޯ ޕޭސްޓް
1 ޖޯޑު ކާށިކިރު
2/ 1 ސައިސަމުސާ މަސްޓަރޑް ކްރީމް
2 /1 ސައިސަމުސާ އިނގުރު ( ޗިސްކޮށްފައިހުރި)
ލޮނުކޮޅެއް
ތައްޔާރުކުރާނެގޮތް
ތަވާ އުނދުންމައްޗަށް އުދާލާފައި ކުޑަތެޔޮފޮދެއް އަޅާލާފއި ހޫނުވީމާ ފިޔާ، ހިކނަދިފަތް، ރާނބާފަތް، އެއްކޮށްލާފައި ފިޔާކޮޅު ރަތްވީމާ ކިރުފިޔަވައި ބާކީހުރިހުރިހާބާވަތްތައް އެއްކޮށް އަޅާފައި ރޯފިލުމުންކިރު އެއްކޮށްފައި ކެކިގަތީމާ އުނދުން މަތިން ބާލާށެވެ.
ޖުވޭސްގެ ހެޔޮ އެދުންތަކާއެކު.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް