މާލޭގެ ގެއެއްގެ ތެރޭގައި ކުނިވެފައި އޮތް މީހަކު ފެނިއްޖެ
މާލޭގެ ގެއެއްގެ ތެރޭގައި މަރުވެ ކުނިވެފައި އޮތް މީހަކު ފެނިއްޖެ އެވެ.
އެ މީހާ މަރުވެފައި އޮތީ ކުރިކީލަ މަގުގައި ހުރި ގެއެއްގައެވެ. އެ ސަރަހައްދު ގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.
ފުލުހުން ވިދާޅުވީ މާލެ އަށް ޑޮކްޓަރު ދައްކަން އައިސް ހުރި މީހެއްގެ ހަބަރެއް ނުވާ ކަމަށް މިރޭ 20:50 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި ރިޕޯޓާ ގުޅިގެން އެމީހާ މާލެ އައިސް ހުރި ގެއަށް ފުލުހުން ގޮސް އެމީހާ ދިރިއުޅޭ ކޮޓަރިއަށް ވަދެ ބެލިއިރު އެމީހާ އޮތީ ނިޔާވެފައި ކަމަށް ފުލުހުން ވިދާޅުވިއެވެ.
ނިޔާވެފައި އޮއްވައި ފެނިފައި ވަނީ އުމުރުން 67 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް