ހާދިސާ ހިނގި ގެއަށް ނޫސްވެރީން ވެއްދުމުގެ ހުއްދަ ގޭގެ ވެރިފަރާތުން ނުދިން
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
އަންހެނަކު އިމާރާތެއްގެ މަތީން ވެއްޓުނު ހާދިސާ ހިނގި ގެއަށް ނޫސްވެރިންނަށް ވަނުމުގެ ހުއްދަ ނުދޭން އެ ގޭގެ ވެރިފަރާތުން ނިންމާ އެކަން ފުލުހަށް އަންގައިފި އެވެ.
މިދިޔަ ހުކުރު ދުވަހުގެ ރޭ ފަތިހު ހިނގި ހާދިސާގައި ޒުވާން އަންހެނަކު ވެއްޓުނީ ހ. ފެންޓެނޯ އިންނެވެ. އަންހެން މީހާ ވެއްޓުނު ކަމަށް ބެލެވެނީ އެ ގޭގެ ނުވަވަނަ ފަންގިފިލާ އިންނެވެ.
ފުލުހުން ބުނީ އެ ގެއަށް ނޫސްވެރީންނަށް ވަދެވޭނެ ފުރުސަތު ހޯދުމުގެ ގޮތުން އެ ގޭގެ ވެރިފަރާތާ މަޝްވަރާ ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެގެއަށް މީޑިއާ ވެއްދުމުގެ ހުއްދަ ދެވެން ނެތްކަ މަށް އަންގާފައިވާ ކަމަށެވެ.

ހުކުރު ދުވަހުގެ މި ހާދިސާގެ ގިނަ މައުލޫމާތުތަކެއް ފުލުހުން މިހާރު ވަނީ އާންމުކޮށްފަ އެވެ.
އެގޮތުން ފުރާޅުމައްޗަށް ވެއްޓުނު އަންހެން މީހާއާއެކު އެ ރޭ އުޅުނު ފިރިހެން މީހާއާ އޭގެ ކުރީން އެ މީހުން ދިޔަ ދެ ގޭގައި އެ މީހުންނާ އެކު އުޅުނު މީހުންގެ މައުލޫމާތު ވެސް ވަނީ އާންމުކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް