ރ.ކިނޮޅަހުގެ ގޮނޑުދޮށުގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ
ރ.ކިނޮޅަހުގެ ގޮނޑުދޮށުގައި އުމުރުން ދުވަސްވީ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
މިކަން ވަނީ ފުލުހުންވެސް ޔަގީންކޮށްދީފައެވެ.
ފުލުހުން ބުނީ މިއަދު މެންދުރު 12:00 ހާއިރު އެރަަށުގެ އުތުރު ފަރާތުގެ ގޮނޑުދޮށުގައި އުމުރުން 84 އަހަރުގެ ދިވެހި ފިރިހެނަކު ނިޔާވެފައި އޮއްވާ ފެނިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަަމަށެވެ.
އަދި މިވަގުތު ފުލުހުން ދަނީ އެމަރާއި ގުޅިގެން ބަލަންެޖެހޭ ކަންތައްތައް ބެލުމަށް އެރަށަށް ދަތުރުކުރަމުންނެވެ.
ފޮޓޯ: ދަ އެޑިޝަން
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް