ތަރާާވީހަށް ހުއްޓައި ދަބަސް ވަގަށް ނަގައިފި
މާލޭގެ ތޮއިބާ މިސްކިތުގައި ތަރާވީހް ނަމާދަށް ހުރި އަންހެނެއްގެ ދަބަސް ވަގަށް ނަގައިފިއެެވެ.
އިއްޔެ ހިނގި މި ހާދިސާގައި އެ އަންހެންމީހާގެ ދަބަސް ވަގަށް ނަގައިގެން އެމީހާ ވަނީ މިސްކިތުން ގޮސްފައެވެ. އެ ދަބަހުގައި ފޯނާއި ތަޅުދަނޑި ވާާނެކަމަށް އެ އަންހެންމީހާ ޓްވިޓަރގައި ވަނީ ބުނެފައެވެ.
އަދި ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތައް ގުނަމުންދާއިރު، މިސްކިތްތައްވެސް ރައްކާތެރި ނޫން ކަމަށް ބުނެ އެ އަންހެން މީހާ ވަނީ ކަންބޮޑުވުން ފާާޅުކޮށްފައެވެ.
ފުލުހުން ދަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް