މަސްދަޅު ހަދިޔާ ކެމްޕެއިނަށް ބޮޑު ތަރުހީބެއް!
ސީރިޔާގައި ފިނި މޫސުމާއި ދިމާކޮށް ހާލުގައި ޖެހިފައިވާ ފަރާތްތަކަށް މަސްދަޅު ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ "މަސްދަޅު ހަދިޔާ" ކެމްޕެއިނަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށް ބުނެފިއެވެ.
މި ކެމްޕެއިން ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިންގެ ފަރާތުން މައުލޫމާތު ދޭގޮތުގައި މިހާާތަނަށް ގިނަ އަދަދެއްގެ ފަރާތްތަކުން ވަނީ އެ ކެމްޕެއިނަށް މަސްދަޅު ކޭސްތައް ހަދިޔާކޮށްފައެވެ. އަދި މިކަމަށްޓަކައި އެ ކޭސްތައް ހަދިޔާކުރެއްވި ހުރިހާ ފަރާތްތަކަށް ވަނީ ޝުކުރުވެސް އަދާކޮށްފައެވެ.
ނަމަވެސް މި ކެމްެޕެއިންގެ ދަށުން ކަނޑުމަގުން ފޮނުވާލާ ފުރަތަމަ ކޮންޓެއިނަރ އަދި އެއްކޮށް ފުރިފައިނުވާކަމަށް އެފަރާތުން ފާހަގަކުރެއެވެ. މި ކޮންޓެއިނަރ ފުރުވާލުމަށް ވީހާވެސް އަވަސް މުއްދަތެއްގައި 497ކޭސް ބޭނުންވާކަމަށް އައިއޭސީން މައުލޫމާތުދެއެވެ.
ތުރުކީގެ ހިއުމަން ރިލީފް ފައުންޑޭޝަނާއި ގުޅިގެން ކުރިއަށް ގެންދެވޭ މި ހަރަކާތުގައި ބައިވެރިވުމަށް ބީއެމްއެލް އިސްލާމިކްގައި ހުޅުވާފައިވާ އައިއޭސީގެ އެކައުންޓަށް މަސްދަޅު ކޭހަށްވާ ފައިސާ ޖަމާކުރެވިދާާނެއެވެ.
މި ކެމްޕެއިންގައި ހިމެނެނީ 1/4ކޭސް، ބައި ކޭސް އަދި ފުލް ކޭހެވެ.
މި ކެމްޕެއިންގެ ޒަރިއްޔާއިން ލިބޭ މަސްދަޅުތައް ތުރުކީއަށް ފޮނުވުމަށް ހަމަޖެހިފައިވަނީ ކަނޑުމަގުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް