ހައްޖުވެރިން މާދަމާ ރާއްޖެ އަންނަން ފަށަނީ
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ރާއްޖެއިން މި އަހަރު ހައްޖަށް ދިޔަ ހައްޖުވެރިންގެ ފުރަތަމަ ގުރޫޕު މާދަމާ ރާއްޖެ އަންނާނެ ކަމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑް އިން ބުނެފި އެވެ
ރާއްޖެއަށް މިއަހަރު ހައްޖު ކޯޓާގެ ގޮތުގައި 1،150 ކޯޓާ ލިބުފައިވާއިރު އެ ހުރިހާ ކޯޓާއެއްވެސް ދިނީ ހައްޖު ކޯޕަރޭޝަނަށެވެ.
އޭގައި ދިޔަ މީހުންގެ ތެރޭގައި، ހައްޖަށް ދިއުމުގެ ތަނަވަސްކަން ނެތް ނިކަމެތިން ސަރުކާރުގެ ހަރަދުގައި ހައްޖަށް ފޮނުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުގެ ދަށުން 50 މީހުންވެސް ހިމެނެއެވެ.
އެ އެންމެންވެސް މާދަމާ ރާއްޖެ އަންނަން ފަށާނެއއެވ. އެގޮތުން ހައްޖުވެރިން އައުމަށް ހަމަޖެހުފައިވާ ދުވްސްތަމަކީ؛
24 ޖޫން
28 ޖޫން
01 ޖުލައި
04 ޖުލައި
ދިވެހި ޙައްޖުވެރިންގެ ތެރެއިން މިހާތަނަށް ނިޔާވީ 1 ހައްޖުވެރިއެކެވެ. މިވަގުތު ހޮސްޕިޓަލުގައި 1 ޙައްޖުވެރިއަކު އޮތްއިރު އާންމުގޮތެއްގައި ޙައްޖުވެރިންގެ ހާލުރަނގަޅު ކަމަށް މިނިސްޓްރީންބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް