ޕީޕީއެމްއަށް ފައިސާ ދޫކުރާނެކަން ދައުލަތުން އަންގައިފި
އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ޕީޕީއެމްއަށް ދޭންޖެހޭ ފައިސާ ދޭނެކަން ފިނޭންސް މިނިސްޓްރީން އަންގައިފިއެވެ.
މިދިޔަ އަހަރުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ކަނޑައެޅި ފައިސާގެ ތެރެއިން ޕީޕީއެމްއަށް ދޭންޖެހޭ ފައިސާ އެޕާޓީއަށް ނުދީ އެންމެ ހިފަހައްޓާފައިވަނީ ޕީޕީއެމްގެ ހިންގުމާ ގުޅޭ ގޮތުން ކޯޓަށް ހުށަހެޅި މައްސަލަތަކަކާއި ގުޅިގެންނެވެ.
ސުޕްރީމް ކޯޓުން ވަނީ އެމައްސަލައިގައި ގޮތެއް ނިންމާފައެވެ. އެއާއި އެކު އިލެކްޝަންސް ކޮމިޝަނުން ވަނީ އެފައިސާ ދޫކޮށްދިނުމަށް ފިނޭންސް މިނިސްޓްރީގައި އެދިފައެވެ.
ޕީޕީއެމަށް ދައުލަތުގެ ބަޖެޓުން ދޫކުރަންޖެހޭ 18 މިލިއަން ރުފިޔާއާއި ގުޅިގެން ފިނޭންސް މިނިސްޓްރީން އެޕާޓީއަށް ފޮނުވާފައިވާ ސިޓިއެއްގައި ބުނެފައިވަނީ، ދައުލަތުގެ މުއައްޒަފުންގެ އެޕްރީލް މަހުގެ މުސާރަދީ ނިންމައި، އެ ޕާޓީ އަށް ފައިސާ ދޫކުރާނެ ކަމަށެވެ.
ނަމަވެސް އެފައިސާ ދޫކުރާނޭ ވަކި ތާރީހެއް ސިޓީގައި ފާހަގަކޮށްފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް