ބިރުވެރި ހާދިސާއެއް: ގިނަ ބަޔަކު ދަތުރުކުރި ލޯންޗެއް އަޑިއަށް
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ގިނަ އަދަދެއްގެ ބަޔަކު ގޮވައިގެން ދަތުރުކުރި ލޯންޗެއް އަޑިއަށް ހިނގައްޖެ އެވެ.
ލޯންޗު އަޑިއަށް ދިޔައީ ސިނަމަން ދޮންވެލި މޯލްޑިވްސް ކައިރިއަށެވެ. އެއީ ގިނަ އަދަދެއްގެ ފަތުރުވެރީން ގޮވައިގެން ދަތުރުކުރި ލޯންޗެކެވެ.
ނަމަވެސް ލޯންޗު އަޑިއަށް ދިއުމުގެ ކުރީން އޭގައި ތިބި އެންމެން ވަނީ އެހެން ލޯންޗަކަށް ނަގާ ސަލާމަތް ކޮށްފަ އެވެ. ލޯންޗުގައި ކުޑަކުދީންނާއި އަންހެނުން ވެސް ތިއްބެވެ.
ލޯންޗުގައި ތިބި މީހުން އެހެން ލޯންޗަކަށް ބަދަލުކުރިތާ އިރުކޮޅެއްގެ ތެރޭގައި ލޯންޗުން ބޮޑު ބައެއް ވަނީ އަޑިއަށް ގޮސްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް