ފަހުން ފައިސާ ދައްާގޮތަށް ފުލުހުންނަށް އެއާ ޓިކެޓް ދޭނޭ ބަޔަކު ހޯދަނީ
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ފަހުން ފައިސާ ދައްކާގޮތަށް ފުލުހުންނަށް އެއާ ޓިކެޓް ދޭނޭ ބަޔަކު ހޯދުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން އިއުލާނުކޮށްފިއެވެ.
ފުލުހުން ކުރި އިއުލާނެއްގައި ބުނީ، ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ވައިގެ މަގުން ރާއްޖެއާއި ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކަށް ކްރެޑިޓް އުސޫލުން އެއަރ ޓިކެޓްގެ ހިދުމަތް ފޯރުކޮށްދޭނެ ފަރާތްތަކެއް ހޯދުމަށް ބޭނުންވާކަމަށެވެ.
އެގޮތުން މި ޕްރޮޖެކްޓްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާކަމަށް ބުންޏެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމުގެ އެންމެފަހު ވަގުތަކީ އަންނަ ހޯމަދުވަހެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް