ދުބާއީގެ ބުރްޖް ޚަލީފާ ދިވެހި ދިދައިން ދިއްލާލައިފި
އިއްޔެ ފާހަަގަކުރެވުނު ދިވެހިރާއްޖޭގެ 54ވަނަ މިނިވަން ދުވަހާއި ގުޅުވައިގެން އެކުވެރި އަރަބި އިމާރާތުގެ ދުބާއީގައި ހުންނަ ބުރްޖް ޚަލީފާ، ދިވެހި ދިދައިގެ ކުލަތަކުން ދިއްލާލައިފިއެވެ.
ދުނިޔޭގެ އެންމެ އުސް އިމާރާތުގެ ގޮތުގައި މަޝްހޫރު މިތަނުގެ ބޭރުގައި ރޭ ވަނީ ފެއްސާއި ރަތާއި ހުދު ކުލަ އަރުވާފައެވެ.
ފޮރިން މިނިސްޓްރީން މައުުލޫމާތު ދޭގޮތުގައި ދިވެހިރާއްޖޭގެ މިނިވަން ދުވަސް ފާހަގަކުރުމަށް ޑުބާއީގެ ބުރްޖް ޚަލީފާގައި ދިވެހި ދިދަ ޕްރޮޖެކްޓްކުރުމުން ރަމްޒުކޮށްދެނީ ދެ ޤައުމުގެ ގާތް ގުޅުންކަމަށެވެ. އަދި މިކަމަށް އެއްވެސް ޚަރަދެއް ދިވެހި ސަރުކާރުންކޮށްފައެއް ނުވާނެކަމަށް އެ މިނިސްޓްރީން ބުނެއެވެ.
މިކަމަކީ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެފައިވާކަން ރަމްޒުކޮށްދޭ ކަމެއް ކަމުން، ބުރްޖް ޚަލީފާގެ ވެރިފަރާތްކަމަށްވާ ޔޫ.އޭ.އީ ގެ އިމާރް ގްރޫޕްއަށް ޔޫއޭއީ ގައި ހުންނަ ދިވެހި އެމްބަސީއިން ވަނީ ޓްވީޓްވެސްކޮށްފައެވެ.
ފާާހަގަކޮށްލެވޭ ގޮތުގައި ރައީސް ސޯލިހް ވެރިކަމަށް ވަޑައިގަތްފަހުން ދެޤައުމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން ފޮރިން މިނިސްޓަރ ޝާހިދު މަޤާމާއި ހަވާލުވެވަޑައިގަތުމަށްފަހު ދެވަނައަށް ވަޑައިގަތީ ޔޫއޭއީއަށެވެ. އަދި އެދަތުރުފުޅުގައި ދިވެހިންނަށް ވިސާއާއި ނުލައި ޔޫއޭއީއަށް ދަތުރުކުރެވޭނެކަން އިއުލާންކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް