އަމީން މަގާމުން ދުރުކުރުމުން ޕައިލެޓުންގެ ހަޅުތާލު ހުއްޓާލައިފި
މޯލްޑިވިއަންގެ ޑިރެކްޓަރ އޮފް ފްލައިޓް އޮޕަރޭޝަންސް މުހައްމަދު އަމީން މަގާމުން ވަކިކުުރުމުން، މޯލްޑިވިއަންގެ ޕައިލެޓުން ކުރަން އުޅުނު އިހުތިޖާޖު ހުއްޓާލައިފިއެވެ.
ޕައިލެޓުން މިއަދު ވަޒީފާއަށް ނުނިކުންނާނެކަމުގެ އިންޒާރުދީފައިވަނިކޮށް އެކަން ހައްލުވީ ޓްރާންސްޕޯޓު މިނިސްޓަރ އައިޝަތު ނަހުލާ، މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ރިޒްވީ އަދި ޕައިލެޓުންނާއި މެދު ބޭއްވި ބައްދަލުވުމަކަށްފަހުގައެވެ.
މި ބައްދަލުވުމުގައި ޕައިލެޓުން ވަނީ އަމީން ފްލައިޓު އޮޕަރޭޝަންސްއިން ދުރުކުރުމަށާއި، ޕައިލެޓުން ބޭނުންވާ މީހަކު އަމީން ހުރި މަގާމަށް ގެނެސްދިނުމަށް އެދިފައެވެ.
މޯލްޑިވިއަންގެ އެމްޑީ ރިޒްވީ ވަނީ މި އެދުމަށް އެއްބަސްވެ މިއަދުން ފެށިގެން ޕައިލެޓުންގެ ވެރިޔަކަށް ކެޕްޓަން ސުނޫސީ ހަމަޖައްސާފައެވެ.
މި ބައްދަލުވުމުގައި ޕައިލެޓުންގެ ހުރި އެެހެނިހެން ކަންބޮޑުވުންތައްވެސް ޓްރާންސްޕޯޓު މިނިސްޓަރ ނަހުލާ އާއި ރިޒްވީއަށް ވަނީ ހިއްސާކޮށްފައެވެ. އެ ފަރާތްތަކުން ވަނީ އެކަންކަމަށް އަވަސް ހައްލެއް ގެނެސްދޭނެކަމަށް ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް