ވިފާޤް ނިޔާވި މައްސަލައިގެ ރިޕޯޓްކަމަށް ބުނެ ދައުރުވަމުންދަނީ ސައްހަ ލިޔުމެއްނޫން: ފުލުހުން
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ވިފާޤް ނިޔާވި މައްސަލައިގެ ރިޕޯޓްކަމަށް ބުނެ ދައުރުވަމުންދަނީ ސައްހަ ލިޔުމެއް ނޫންކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުނެފިއެވެ.
މިދިޔަ އޮގަސްޓްމަހުގެ 14 ވަނަ ދުވަހު އިމާރާތެއްގެ މަތިން ވެއްޓި، މަރުވި ވިފާގު އިބްރާހިމް އަދުނާނުގެ މަރުގެ މައްްސަލައާ ގުޅޭގޮތުން ފުލުހުން ތައްޔާރުކުރި ރިޕޯޓެއްކަމަށް ބުނެ ސޯޝަލް މީޑިއާގައި ދަނީ ލިޔުމެއް ދައުރުވަމުންނެވެ.
މިކަމާ ގުޅޭގޮތުން ފުލުހުން ބުނީ، ވިފާޤް މަރުގެ މައްސަލައިގެ ރިޕޯޓެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދަނީ ސައްހަ ލިޔުމެއް ނޫންކަމަށެވެ.
ވިފާޤްގެ މަރާ ގުޅޭގޮތުން މީޑިއާއަކުން މީގެ ކުރިން ވަނީ ރިޕޯޓެއް ތައްޔާރުކޮށް ބްރޯޑްކާސްޓްވެސް ކޮށްފައެވެ. ނަމަވެސް އެ ރިޕޯޓާ ގުޅޭގޮތުން ފުލުހުން ވަނީ އެ ރިޕޯޓްގައި އަސްލާ ހިލާފް ވާހަކަތައް ހުރިކަން ފާހަގަކޮށްފައެވެ. އެގޮތުން ފުލުހުން ވަނީ އެ ރިޕޯޓްގައި ދައްކާފައިހުރި ބައެއް ވާހަކަތަކާ ގުޅޭގޮތުން ކަންބޮޑުވުންވެސް ފާޅުކޮށްފައެވެ.
މިދިޔަ އޮގަސްޓްމަހުގެ 14 ވަނަ ދުވަހު ވިފާގް މަރުވެފައިވަނީ އޭނާ ދިރިއުޅެމުން އައި ހ. ހަސޯވާގެ 10 ވަނަ ފަންގިފިލާއިން ވެއްޓިގެންނެވެ. މި މައްސަލާގައި އެއްވެސް މީހެއްގެ މައްޗަށް އަދި ތުހުމަތު ކުރެވިފަ ނުވާކަމަށް ފުލުހުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް