ދިވެހިރާއްޖޭގެ ތަރިކައިގެ ލިސްޓް ފުރިހަމަކުރުމަށް އާންމުންގެ އެހީއަށް އެދިއްޖެ
ދިވެހިރާއްޖޭގައި ހުރި އާސާރީ ތަރިކަތަކާއި ބެހޭ ލިސްޓެއް، ހެރިޓޭޖް މިނިސްޓްރީން ހާމަކޮށްފިއެވެ.
ހެރިޓޭޖް މިނިސްޓްރީގެ ވެބްސައިޓުގައި ހާމަކޮށްފައިވާ މި ލިސްްޓްގައި ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މާއްދީ ތަރިކަތައް، ކުރު ތަފްސީލްކޮޅަކާއި އެކު ހާމަކޮށްފައެވެ.
މި ލިސްްޓް ތައްޔާރުކޮށްފައިވަނީ ރަށު ކައުންސިލްތަކާއި، ތާރީޙު ދިރާސާކުރައްވާ ބޭފުޅުންގެ ފޮތްތަކުން ލިބިފައިވާ މައުލޫމާތު ބޭނުންކޮށްގެންނެވެ.
މިނިސްޓްރީން އާންމުކުރި މި ލިސްޓު އިތުރަށް ފުރިހަމަކުރުމަށް އެހީތެރިވުމުގެ ފުރުސަތު ވަނީ އާންމުންނަށް ހުޅުވާލާފައެވެ.
އެހެންކަމުން މި ލިސްޓުގައި ހިމެނިފައިވާ އާސާރުތަކާއި ބެހޭގޮތުން ޚިޔާލެއް ނުވަތަ މަޢުލޫމާތެއް ލިބިފައިވާނަމަ މިނިސްޓްރީގެ ވެބްސައިޓްގައިވާ ފޯމެއް ފުރުމަށް މިނިސްޓްރީން ވަނީ އެދިފައެވެ. ނުވަތަ [email protected] އަށް އީމެއިލް ކޮށްދިނުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.
މި ލިސްޓަށް ޚިޔާލު ބަލައިގަންނާނީ 5 މާރިޗު 2019 – 12 މާރިޗު 2019އަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް