ވައިގޮޅިއެއް ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ
ގަލޮޅުގެ ގެއެއްގެ ވައިގޮޅީގެ ތެރެއިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑެއް ފެނިއްޖެއެވެ.
މި މިހާގެ ހަށިގަނޑު ފެނިފައިވަނީ އެތަނުން ކުނިވަސް ދުވާތީ، އެތަން ބެލި ގޭގެ ބަޔަކަށެވެ. މި މީހާގެ ހަށިގަނޑު ފެނުނު އިރު އޮތީ ކުނިވެފައިކަމަށްވެއެވެ.
ފުލުހުން ބުނީ ގެއެއްގެ ވައިގޮޅި ތެރޭގައި މީހަކު މަރުވެފައި އޮތްކަމުގެ ރިޕޯޓް ފުލުހުންނަށް ހުށަހަޅާފައި ވަނީ މިއަދު ހެނދުނު 10:10 ހާއިރު ކަމަށެވެ.
ފުލުހުން ބުނީ ނިޔާވެފައި އޮއްވައި ފެނުނީ ޒުވާން ފިރިހެނެއް ކަމަށާއި އޭނާއަކީ ކާކުކަން ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ފޮޓޯ: ވަގުތު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް