ޑްރޯން އެރުވި މައްސަލައިގައި ހައްޔަރުކުރި އެންމެން ދޫކޮށްލައިފި
ސްރީލަންކާގެ ބަންޑާރަނައިކެ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ހައި ސެކިއުރިޓީ ޒޯންގައި ހުއްދަނެތި ޑްރޯންއެއް ދުއްވި މައްސަލައިގައި ހައްޔަރުކުރެވުނު ފަރާތްތައް ދޫކޮށްލައިފިއެވެ.
ވޮއިސްއަށް މައުލޫމާތު ލިބުނުގޮތުގައި މި މައްސަލައިގައި ހައްޔަރުކުރެވުނު ޒުވާން ތިން ފިރިހެންކުދިންނާއި އަންހެންކުއްޖާ ދޫކޮށްލެވުނީ ކަފާލާތުގެ ދަށުންނެވެ. މީގެ ތެރެއިން ދެފަރާތެއްގެ ބަންދުގެ މުއްދަތު ކޯޓުން އިތުރުކުރިއެވެ. ނަމަވެސް އެފަރާތްތައްވެސް ރޭ ވަނީ ދޫކޮށްލާފައެވެ.
މިފަރާތްތައް ދޫކޮށްލެވުނު ކަމުގައިވިޔަސް، މި ފަރާތްތަކުގެ މައްޗަށް ކުރެވޭ ތުހުމަތުގެ މައްސަލަތައް ފައިލްކުރިކަން ކަށަވަރުވެފައެއް ނުވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މި ފަރާތްތައް ހައްޔަރުކުރެވުނީ އިއްޔެ ހެނދުނު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަޑައިގަަންނަވާތީ، ލަންކާގެ އެއަރޕޯޓުގެ ސަލާމަތީ ފިޔަވަޅުވެސް ވަނީ ވަަރަށް ބޮޑަށް ވަރުގަދަކުރެވިފައިވަނިކޮށެވެ.
ވޮއިސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިއީ އެއަރޕޯޓު ކައިރި ސަރަހައްދެއްގައި ދިރިއުޅެމުންދާ ޒުވާނުންތަކެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް