ސަރުކާރު ދެމެހެއްޓުމަށް ވެވެންހުރި ހުރިހާ ގުރުބާނީއެއްވާނަން: ޝައިޚް އިމްރާން
އަދާލަތު ޕާޓީގެ ފަރާތުން މި ސަރުކާރު ދެމެހެއްޓުމަށް ވެވެންހުރި ހުރިހާ ގުރުބާނީއެއް ވަމުންދާކަމަށް އެޕާޓީގެ ލީޑަރ އަދި ހޯމް މިނިސްޓަރ އައްޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ޝައިޚް އިމްރާން މިހެން ވިދާޅުވީ އަދާލަތު ޕާޓީގެ ޓިކެޓްގައި އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވާ ބޭފުޅުންނަށް ޓިކެޓް ދިނުމަށް އެ ޕާޓީގެ އޮފީހުގައި މިރޭ ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ ސަރުކާރު ގެނައުމަށް އަދާލަތު ޕާޓީން މަސައްކަތް ކުރި ފަދައިން ސަރުކާރު ދެމެހެއްޓުމަށް ވެސް އެ ޕާޓީން ވާން ޖެހުނު ކޮންމެ ގުރުބާނީއެއް ވަމުންދާނެކަމަށެވެ.
މަޖިލީހުގައި އަދާލަތު ޕާޓީން ކުރިމަތިލާން ނިންމި ދާއިރާތަކާއި އަޅާބަލާއިރު މަދު ދާއިރާތަކަށް ޓިކެޓް ދިންކަން ފާހަަގަކުރައްވާ ޝައިޚް އިމްރާން ވިދާޅުވީ އެގޮތަށް އަމަލުކުރުމަށް ނިންމީ ވަރަށް ގިނަ ފަރާތްތަކާއި މަޝްވަރާކުރުމަށްފަހުކަމަށެވެ.
"އަޅުގަނޑު އުންމީދު ކުރަނީ އަދާލަތު ޕާޓީން މިއަދު މި ނިންމި މުހިންމު ނިންމުމުގެ ނަތީޖާއެއްގެ ގޮތުން ﷲ ސުބުހާނަހޫ ވަތައާލާގެ ރަހުމަތާ އެކު ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އާއި މި ސަރުކާރަށް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ އަޣުލަބިއްޔަތު ލިބުމަށް އިރާދަކުރެއްވިއްޔާ މަގުތަނަވަސް ވާނެ ކަމަށް،" އިމްރާން ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް