ޓްރީ ޓޮޕުން އިންފްލުއެންޒާ ވެކްސިންއަށް ޙާއްސަ ޑިސްކައުންޓެއް ދެނީ!
ޓްރީ ޓޮޕް ހޮސްޕިޓަލުން މިއަހަރުގެ "ވޯލްޑް އިމިއުނައިޒޭޝަން ވީކް"އަށް އަޙައްމިއްޔަތު ދިނުމުގެ ގޮތުން 25 އޭޕްރީލް 2019ވާ ބުރާސްފަތި ދުވަހު ފާހަގަކުރެވިގެންދާނެއެވެ.
އެގޮތުން އިންފްލުއެންޒާ ފްލޫ ވެކްސިން ޖެހުމަށް ބާރުއެޅުމުގެ ގޮތުން %10 ޑިސްކައުންޓް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
އިންފްލުއެންޒާ ވައިރަސްގެ ސަބަބުން ޖެހޭ ބަލިތަކުން ރައްކާތެރިވުމަށް އިންފްލުއެންޒާ ވެކްސީންގެ ހިދުމަތް، ބޮޑެތި މީހުންނާއި ކުޑަކުދިންނަށް އެހޮސްޕިޓަލުން ލިބިގެންދާނެކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދެއްވައެވެ.
މީގެ އިތުރުން މިވެކްސީންއަކީ ޑޮކްޓަރުގެ އިރުޝާދުގެ މަތިން ޖެހޭ ވެކްސިންއަކަށްވާތީވެ، ޓްރީ ޓޮޕް ހޮސްޕިޓަލްއިން ވެކްސިންޖަހަން ބޭނުންވާ ފަރާތްތަކަށް ހިލޭ އާންމު ބަލިތަކުގެ ޑޮކްޓަރުގެ އެސެސްމެންޓް ހެދޭނެ ނިޒާމެއް ހަމަޖެހިފައިވާކަމަށް ވެސް ޓްރީޓޮޕުން މައުލޫމާތު ދެއްވައެވެ.
ވެކްސީންޖެހުމަށް އިސްކަންދެވޭނީ ވަޑައިންނަވާ ބޭފުޅުންގެ ތަރުތީބުން، ހެނދުނު 9ން ހަވީރު 5 ގެ ނިޔަލަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް