ހޮންގ ކޮންގާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތަކެއް ފަށައިފި
ޗައިނާގެ ހޮންގ ކޮންގާއި ރާއްޖެއާ ދެމެދުގެ ސީދާ ދަތުރުތަކެއް ގްރޭޓާ ބޭ އެއާލައިނުން ފަށައިފިއެވެ.
މި ދަތުރުތައް ފަށާފައިވަނީ އިއްޔެއެވެ. އެއާއިއެކު، މި އެއާލައިންގެ ފުރަތަމަ ފްލައިޓަށް ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓުން ވަނީ ޚޫނު މަރުޙަބާއެއް ކިޔާފައެވެ. އަދި މި ދަތުރުތައް މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.
މި އެއާލައިނުން ކޮންމެ ދުވަހަކުވެސް ކުރާނީ އެއް ދަތުރެވެ. މި ދަތުރުތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ބޮއިންގ 800-737 މަރުކައިގެ މަތިންދާ ބޯޓެކެވެ. މިއީ ހޮންކޮންގ ގެ ބަޖެޓު އެއާލައިނެކެވެ.
މި އެއާލައިނަކީ މިވަގުތު ރާއްޖެއާއި ހޮންގ ކޮންގާއި ދެމެދު ސީދާ ދަތުރުތައް ބާއްވާ ހަމައެކަނި އެއާލައިނެވެ.
މި ދުވަސްވަރަކީ ޗައިނާގެ އައު އަހަރާ ދިމާކޮށް ގިނަ ބަޔަކު ޗުއްޓީއަށް ދަތުރުކުރާ ދުވަސްވަރެކެވެ. އެގޮތުން މިއަހަރުގެ ތެރޭގައިވެސް އެޤައުމުން ރާއްޖެއަށް 35،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް