މިފްކޯގެ ހެޑްއޮފީހާއި މަސްފިހާރަ ފަޅާލައިފި
އެފްއޭއެމް އިމާރާތުގެ ކައިރީގައި ހުންނަ މިފްކޯގެ މަސްފިހާރައާއި ހެޑް އޮފީސް ފަޅާލައިފިއެވެ.
މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ މިފްކޯ މަސްފިހާރަ ފަޅާލައިފައިވާ ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައި ވަނީ މިއަދު ހެނދުނު 7:58 ހާއިރު ކަމަށެވެ.
އެނގިފައިވާ ގޮތުގައި ތަޅާލާފައިވަނީ މަސް ފިހާރައިގެ މައިދޮރާ އިންވެގެން ހުރި ބިއްލޫރިގަނޑެވެ. އަދި މީގެ އިތުރުން ޓާފް ސްޓޭޑިއަމްގެ ހުޅަނގު ފަޅީގައި ހުންނަ ކުޑަދޮރެއް ފަޅާލައިގެން ހެޑް އޮފީސް ތެރެއަށް ވެސް ވަނީ ވަދެފައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެތަނުން ގެއްލިފައިވާ ތަކެއްޗާ ބެހޭ މައުލޫމާތު އަދި ލިބިފައިނުވާކަމަށާއި އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް