ބްރިޖްގެ ސްޕީޑް ބަންޕަރުތައް ނަގައިފި
ސިނަމާލެ ބްރިޖްގައި ދުއްވާ ވެހިކަލްތަކުގެ ދުވެލި ހިފެހެއްޓުމަށް ހަރުކޮށްފައިވާ ސްޕީޑް ބަންޕަރުތައް ނަގައިފިއެވެ.
ފުލުހުން ބުނީ ޓްރާންސްޕޯޓް މިނިސްޓްރީއާއި ހައުސިންގ މިނިސްޓްރީގެ ލަފަޔާއި އެކު މި ސްޕީޑް ބަންޕަރުތައް ނެގީ ވަގުތީ ގޮތުންކަމަށެވެ.
އެއީ އެތަކެތި ބަހައްޓާފައި ހުރި ގޮތްގޮތުން އެކްސިޑެންޓްތަކަށް މަގުފަހިވާތީކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި ބަމްޕަރުތައް އަލުން ހަރުކުރާނެ ގޮތަކާއި ތާރީޚެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް