މާލޭ ޓެކްސީލައިން އެޕްގެ މައުލޫމާތު ލީކުކުރި މުވައްޒިފުގެ މައްސަލަ ފުލުހަށް
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
މާލޭ ޓެކްސީލައިންގެ ހިދުމަތުގައި ބޭނުންކުރާ މޯބައިލް އެޕްލިކޭޝަންގެ ގެ މައުލޫމާތު ލީކުކުރި މުވައްޒިފުގެ މައްސަލަ ފުލުހުންގެ އިދާރާއަށް ހުށައަޅާފައިވާ ކަމަށް އެމްޓީސީސީން ބުނެފި އެވެ.
މާލޭ ޓެކްސީލައިންގެ ހިދުމަތުގައި ބޭނުންކުރާ މޯބައިލް އެޕްލިކޭޝަންގައި އާންމުންގެ ޒާތީ މައުލޫމާތުތަކެއް ލީކުވެފައިވާ ކަމަށް މީޑިއާގައި ވާހަކަ ފެތުރުނެވެ. ބޮޑު އަގެއް ދީގެން ހަދާފައިވާ އެޕްލިކޭޝަންގެ މައުލޫމާތު އާންމުވީ ބަޔަކު އެ އެޕްލިކޭޝަން ހެކުކުރުން ކަމަށް އަޑު ފެތުރުނެވެ.
ނަމަވެސް އެމްޓީސީސީން ވަނީ އެކަން ދޮގުކޮށްފަ އެވެ. އަދި ބުނީ އެކަން ކުރީ ކުންފުނީގެ މުވައްޒިފެއްކަން އެތެރޭގެ ތަހުގީގުން އެނގުނު ކަމަށެވެ. އެމްޓީސީސީން ދެންމެ ބުނީ އޭނާގެ މައްސަލަ ފުލުހުންގެ އިދާރާއަށް ހުށައަޅާފައިވާ ކަމަށެވެ.
އެމްޓީސީސީން ބުނީ ކަސްޓަމަރުންނާއި ހިއްސާދާރުންގެ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމަށްޓަކައި ކުރަން ޖެހޭ ކޮންމެ ކަމެއް އެ ކުންފުނިން ކުރާނެ ކަމަށެވެ. އަދި ކުންފުންޏަށް ކުރަމުންދާ އިތުބާރަށް ޝުކުރު އަދާކޮށްފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް