ޕްރައިމެރީން ނާކާމިޔާބުވި ފަރާތްތައް ކުރިމަތިލާން ހުޅުވާލައިފި
ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީން ބަލިވި ކެންޑިޑޭޓުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަރިލާން ހުޅުވާލައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރެއްވި ޓުވީޓެއްގައި ބުނެފައިވާގޮތުގައި،ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީގައި ބައިވެރިވެ، ނާކާމިޔާބުވެފައިވާ ފަރާތްތަކަށް، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު 2019 ފެބްރުވަރީ 25 ވާ ހޯމަ ދުވަހުން ފެށިގެން 2019 މާރިޗު 04 ވާ ހޯމަ ދުވަހުގެ ހަވީރު 04:00ގެ ނިޔަލަށް ހުޅުވާލައިވާކަމަށެވެ.
ސުޕްރީމް ކޯޓުން އިއްޔެ ނިންމި ނިންމުމާ ގުޅިގެން ވަނީ ސިޔާސީ ޕާޓީތަކުގެ ޕްރައިމެރީތަކުން ބަލިވާ ފަރާތްތަކަށް ކުރިމަތި ނުލެވޭގޮތް އުވާލާފައެވެ.
އެ ހުކުމުގައި ބުނެފައި ވަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 10 ވަނަ މާއްދާ އަކީ ގާނޫނު އަސާސީއާ ތައާރުޒުވާ މާއްދާއެއް ކަމަށް ވުމުން އެ މައްދާ ބާތިލުކޮށް މަޖިލިސް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ބަންދުވެފައިވީ ނަމަވެސް، ޕްރައިމަރީތަކުން ބަލިވި މީހުންގެ ތެރެއިން އިންތިހާބުގައި ވާދަކުރަން ބޭނުންވާ މީހުން އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ދޭން ޖެހޭނެ ކަމަށެވެ. އަދި އެ ފުރުސަތަކީ މާޗު 4ގެ ނިޔަލަށް ކަމަށް ވެސް ހުކުމުގައިވެ އެވެ. އަދި އެ މުއްދަތުގައި ވާދަކުރުމަށް ހުށަހެޅޭނީ ހަމަ އެކަނި، ޕާޓީއެއްގެ އެތެރޭގެ ޕްރައިމަރީއެއްގައި ވާދަކޮށްފައިވާ ފަރާތަކަށް އެކަނި ކަމަށް ވެސް ހުކުމުގައި ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް