މޯދީ ވަޑައިގަންނަވާތީ ދުވަހު ބްރިޖު ބަންދުކުރަނީ
އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅާއި ގުޅިގެން އަންނަ އާދިއްތަ ދުވަހު ސިނަމާލޭ ބްރިޖު ބަންދުކުރެވޭނެ ކަމަށް ފުލުހުން ބުނެފި އެވެ.
އިންޑިއާގެ ޢާއްމު އިންތިހާބު ކާމިޔާބުކުރެއްވުމަށްފަހު މޯދީ ފުރަތަމަ ކުރައްވާ ދަތުރުފުޅުގައި އަންނަ ހޮނިހިރު ދުވަހު ރާއްޖެވަޑައިގަންނަވަނީ ހަމަޖެހިފައެވެ.
ހެޑް އޮފް މާލޭ ޕޮލިސް، މޫސާ އަލީ ވިދާޅުވީ، އަންނަ ހޮނިހިރު ދުވަހުގެ 12:00 ގައި ސޯސަން މަގުން ފެށިގެން ރައްޔިތުންގެ މަޖިލިސް އިދާރާ ހިމެނޭ ގޮތަށް ސޯލްޓް ރެސްޓޯރަންޓާއި ހަމައަށް މަގުތައް ބަންދު ކުރެވޭނެ ކަމަށެވެ.
އޭގެ އިތުރުން މޫސަ ވިދާޅުވީ، ބްރިޖު ބަންދުކުރެވޭނީ އާދިއްތަ ދުވަހުގެ ހެނދުނު 8:30 އާއި 10:00 އާ ދެމެދުގެ ވަގުތަކަށް ކަމަށެވެ.
މޯދީ މިދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގައި ތަޤުރީރުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މޯދީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ އެދުވަހު 18:45 ގައިއެވެ.
މިއީ މޯދީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ވެރިކަމުގައި ރާއްޖެއަށް ކުރައްވާ ދެވަނަ ދަތުރުފުޅެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް