މިނިސްޓަރ ސައީދުގެ ބައްޕާފުޅު އަވަހާރަވެއްޖެ، ޢާއިލާއަށް ރައީސްގެ ތަޢުޒިޔާ
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، މުޙައްމަދު ސަޢީދުގެ ބައްޕާފުޅު ހއ.ތުރާކުރުނު ސަޢީދު ޢަބްދުالله އަވަހާރަވެއްޖެއެވެ.
ވަޒީރު ސަޢީދުގެ ބައްޕާފުޅު އަވަހާރަވުމާއި ގުޅިގެން ރައީސް ޑރ މުޙައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ ޚަބަރު އެއްސެވީ ނުހަނު ފުންހިތާމައާއެކު ކަމަށެވެ.
ރައީސް މުޢިއްޒު ވަނީ މަރުޙޫމް ސަޢީދު ޢަބްދުالله އަކީ ހއ.ތުރާކުނުގެ ވެރިކަމުގެ ދާއިރާގެ އިސް މަޤާމުތަކުގައި 20 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ، ޤަދަރުވެރި ބޭފުޅެއްކަން ފާހަގަކުރައްވާފައެވެ.
އަދި އެ މަރުޙޫމް އަކީ ޚުލްޤު ހެޔޮ، ދީންވެރި، ހަރުދަނާ ޝަޚްޞިއްޔަތެއް ކަމަށްވެސް ވިދާޅުވިއެވެ.
މިއާއެކު ރައީސް މުޢިއްޒު ވަނީ މަރުޙޫމްގެ ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވެ، ކެތްތެރިކަން ދެއްވުން އެދި ދުޢާ ކުރައްވާފައެވެ.
އަދި މާތްاللهގެ ރުއްސެވުމާއި ފުއްސެވުމުގައި، ސުވަރުގޭގެ މަތިވެރި ނިޢުމަތާއި ރަޙްމަތުގައި މަރުޙޫމް ސަޢީދު ޢަބްދުالله ލެއްވުން އެދިވެސް ދުޢާ ކުރެއްވިއެވެ.
ސަޢީދު ޢަބްދުالله އަކީ ގިނަދުވަސްތަކެއް ވަންދެން ތުރާކުނުގެ ކަތީބުކަން ކުރެއްވި ބޭފުޅެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް