ނޫމަޑި މައްސަަލައިގައި ޑރ.މުއިއްޒު ދޮގުހެއްދެވިކަމަށް ބުނެ މައްސަލަ ފުލުހަށް!
ނޫމަޑި ރިސޯޓްސް އެންޑް ރެސިޑްންސްއަށް 845 މިލިއަން ރުފިޔާ ދިން މައްސަލާގައި، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތުކޮމެޓީއަށް ދޮގު މައުލޫމާތުދިން ކަމަށްބުނެ، ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ފުލުސް އޮފީހަށް ހާޒިރުކުރަން ނިންމައިފިއެވެ.
ނޫމަޑި އެގްރިމަންޓް ބާތިލު ކުރިއިރު ހައުންސިން މިނިސްޓަރަކަށް ހުންނެވީ މުއިއްޒެވެ. އެމައްސަލައިގައި މުއިއްޒު ކޮމިޓީއަށް ހާޒިރުކޮށް ސުވާލު ކުރުމުން މުއިއްޒު ދޮގު މައުލޫމާތު ދިން ކަމަށް ވަނީ ތުހުމަތުކޮށްފައެވެ.
މުއިއްޒު ހާޒިރު ކުރީ، އެ މައްސަލައިގައި ނޫމަޑިއާ އެއްކޮޅަށް އާބިޓްރޭޝަންގައި ބަޔާން ދިން ކަމަށް ބުނެ އެވެ.
މިއަދު ބޭއްވި ކޮމެޓީ ބައްދަލުވުމުގައި ހުޅުދޫ ދާއިރާ މެމްބަރު އިލްޔާސް ލަބީބު ވިދާޅުވީ، ކޮމިޓީއަށް ހާޒިރުވެ، މުއިއްޒު އިތުރުފުޅު ހައްދަވާފައިވާ ކަމަށެވެ. އެގޮތުން އޭނާ ހުށަހެއްޅުވީ، އެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހަށް ހުށަހެޅުމަށް އިލިޔާސް އެދުމުން އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ، ދާންދޫ ދާއިރާ މެމްބަރު ޔައުގޫބެވެ.
އެމައްސަލަ ފުލުސް އޮފީހަށް ހުށަހަޅަން ކޮމެޓީގެ އިއްތިފާގުންވަނީ ފާސްކޮށްފައެވެ.
މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، މަޖިލީހަށް މިހާކު އައިސް ވާހަކަ ދައްކަވަން ވާނީ ތެދު ބަހުންނެވެެ. އަދި ދޮގު މައުލޫމަތު ދީފި ނަމަ އެއީ ކުށެށް ކަމަށް ގައިވައިދުގައި ބުނެެ އެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފްލެޓު އެޅުމަށް ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސީޒް ކުންފުންޏާއެކު ހެދި އެއްބަސްވުން ބާތިލުކުރި މައްސަލަ އާބިޓްރޭޝަނުން ބަލަމުންދަނިކޮށް، ކޯޓުން ބޭރުން އެކުންފުންޏަށް ފައިސާ ދިން މައްސަލައިގައި ސުވާލުކުރުމަށް ފިނޭންސް މިނިސްޓަރު އިބުރާހީމް އަމީރުވެސް ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ސުވާލުކޮށްފައި ވެއެވެ.
ނޫމަޑިން ބަދަލު ހޯދަން އެދުނީ، ޕްރައިވެޓް ވިލާ މޮޑެލްގެ ދަށުން 600 ހައުސިން ޔުނިޓް ތަރައްގީކުރުމަށްޓަކައި ޖެނުއަރީ 20، 2011 ގައި ސޮއިކުރި އެއްބަސްވުމަކާއި 500 ހައުސިން ޔުނިޓާއި ޕޮލިސް އެކަޑަމީ ފޭސް އެކެއް އަދި ތިން ރަށެއްގެ ނަރުދަމާގެ ނިޒާމު ތަރައްގީކުރުމަށް މެއި 30، 2013 ގައި ސޮއިކުރި އެއްބަސްވުން ބާތިލްކުރި މައްސަލައިގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް