ސިޔާސީ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބަލާނެ ނިޒާމެއް ޤާއިމް ކުރުމަށް ކެބިނެޓުން ނިންމައިފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބަލާ، އެ މުވައްޒަފުންގެ ކުރުންތެރިކަން އިތުރު ކުރުމަށްޓަކައި ޕަރފޯމަންސް ބަލާނެ ނިޒާމެއް ޤާއިމް ކުރުމަށް ކެބިނެޓުން ނިންމައިފިއެވެ.
މިކަން ހާމަކުރެއްވީ ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ހީނާ ވަލީދުގެ ޕޯސްޓުގައި ވިދާޅުވި ގޮތުގައި، މި ނިޒާމަށް ވަރަށް އަވަހަށް ޢަމަލު ކުރަން ފަށާނެއެވެ.
ސަރުކާރުގެ އިކޮނޮމިކް ރިފޯމް އެޖެންޑާގެ ދަށުން ޚަރަދު ކުޑަ ކުރުމަށް އަޅަމުންދާ ފިޔަވަޅު ތަކުގެ ތެރެއިން، މިހާތަނަށް 31 އޮކްޓޯބަރު 2024 ގެ ނިޔަލަށް 248 ސިޔާސީ މުވައްޒަފުންވަނީ މަދުކުރެވިފައި.
ހީނާ ވަލީދު
ދައުލަތުގެ ޚަރަދު ކުޑަކުރުމަށް ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު މަދުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައި ވާއިރު، އެމަނިކުފާނު ވަނީ މުސާރައިގެ 50 އިންސައްތަ ނުނެންގެވުމަށްވެސް ވަނީ ނިންމަވާފައެވެ.
ހަމައެހެންމެ ސިޔާސީ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މުސާރައިން 10 އިންސައްތަ އުނިކުރަން ވެސް ރައީސް ވަނީ ނިންމަވާފައެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް