ޕީއެންސީ ޖަގަހަ، ‘ޕީއެންސީ ހައުސް’ ހުޅުވުމުގެ ރަސްމިއްޔާތު މާދަމާ ރޭ!
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޖަގަހަ (ޕީއެންސީ ހައުސް) ހުޅުވުމުގެ ރަސްމިއްޔާތު އަންނަ ހޮނިހިރު ދުވަހުގެރޭ ބާއްވަން އެ ޕާޓީއިން ނިންމައިފިއެވެ.
ޕީއެންސީއިން ބުނީ ހ.ވެޔޮވިލާގައި ހުންނަ އެ ޕާޓީގެ ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތު ހޮނިހިރު ދުވަހުގެރޭ 20:30 ގައި އޮންނާނެ ކަމަށެވެ.
އަދި ޖަގަހަ ހުޅުވައިދެއްވާނީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރު އަދި ރާައްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ކަމަށްވެސް ބުންޏެވެ:
ޕީއެންސީއިން ވަނީ ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް ޕީއެންސީގެ މެމްބަރުން އަދި އެންމެހާ ދިވެހިރައްޔިތުންނަށް ދަޢުވަތު އަރުވައިފައެވެ.
ޕީއެންސީ ޖަގަހަ ހުޅުވާ އިމާރާތަކީ މީގެ ކުރިން އެމްޑީޕީ އަދި ޑިމޮކްރެޓްސް ޖަގަހަ ހިންގި އިމާރާތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް