ސިޓީގެ ޖަވާބު ނުލިބި 6 މަސް ވުމުން އިހުތިޖާޖު ކުރި މީހާ ފުލުހުންގެ ބެލުމުގެދަށަށް!
ރައީސް އޮފީސް ކުރިމަތީގައި އިހުތިޖާޖު ކުރި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ރައީސް އޮފީހުން ސިޓީއަކަށް ޖަވާބު ނުދީގެންކަމަށް ބުނެ އިހުތިޖާޖު ކުރި މީހާ ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކޮށްފައިވާކަމަށް ފުލުހުންގެ އިދާރާއިން މައުލޫމާތުދެއްވައެވެ.
މަންޒަރު ދުށްމީހަކު "ވޮއިސް"އަށް މައުލޫމާތު ދިންގޮތުގައި އޭނާ ފުލުހުންގެ ބެލުމުގެ ދާށަން ގެންދަން މަސައްކަތް ކުރުމުން އޭނާ އެތަނަށް އައި ސަބަބު ވަނީ ކިޔާދީފައެވެ. އެގޮތުން ރައީސް އޮފީހަށް ސިޓީއެއް ލާފައި ޖަވާބު ނުލިބޭތާ 6 މަސްވެފައިވާކަމަށާއި، ކޮންމެފަހަރަކު ވެސް އަންނަ ހަފްތާގައި އައުމަށް ބުނެ ފޮނުވާލާކަމަށް އޭނާ ބުނެފައިވެއެވެ..
އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ގްރީން ޒޯންގައި އިހުތިޖާޖު ކުރުމުންނެވެ.
އެކަމާ ގުޅޭ ގޮތުން ފުލުހުން ބުނީ ރައީސް އޮފީސް ކުރިމަތި އިން މީހާ ފުލުސް އޮފީހަށް ހާޒިރުކޮށްފައިވާ ކަމަށެވެ. އޭނާ ފުލުހަށް ގެންދިޔައީ މައުލޫމާތު ސާފު ކުރަން ކަމަށެވެ.
ރައީސް އޮފީހުގެ ކުރިމަތީ އިށީންދެގެން އިންދާ ހައްޔަރުކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ 41 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް