ގއ. އިން އައްޑޫއަށް ހުދު ސަމާލު ނެރެފި
މިހާރު ރާއްޖޭގެ އެކި ހިސާބުތަކަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެން ގއ. އިން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.
މޯލްޑިވްސް މީޓެއޮރޮލޮޖިކަލް ސަރވިސް (މެޓް) އިން އަންގާފައިވަނީ މި ސަރަހައްދުތަކަށް 30 އޭޕްރިލް 2025 (މިއަދު) ހެނދުނު 09:00 އިން ފެށިގެން 15:00 އަށް ބޯކޮށް ވާރޭ ވެހުމާއި އެކު ގުގުރާނެ ކަމަށެވެ.
މި ހަފްތާ ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެފައި ވާއިރު، ރާއްޖެއަށް މި ކުރަމުންދާ ވިއްސާރައަކީ ރާއްޖޭގެ އުތުރާއި ދެކުނުން އަންނަ ތެތް ވައި ރާއްޖެ ސަރަހައްދުގެ މަތީގައި ޖަމާވެ، އުފެދެމުންދާ ވިލާތަކުގެ ސަބަބުން ކުރަމުންދާ ވިއްސާރައެއް ކަމަށް މެޓް އިން ވަނީ ބުނެފައެވެ.
އަދި މޫސުން އަލިވާނެ ކަމަށް ލަފާކުރެވެނީ މިއަދުގެ ފަހުން ކަމަށް ވެސް މެޓް އިން ވަނީ އަންގާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް