މޯލްޑިވްސް ބިޒްނަސް އެވޯޑްސްގައި އުރީދޫއަށް ރަންވަނަތަކެއް!
ކްރޮސްރޯޑްސް މޯލްޑިވްސްގައި މިރޭ ބޭއްވި 2019ވަނަ އަހަރުގެ މޯލްޑިވްސް ބިޒްނަސް އެވޯޑްސްގައި އުރީދޫ މޯލްޑިވްސްއިން ރަން ވަނަތަކެއް ހާސިލްކޮށްފިއެވެ.
މިރޭގެ އެވޯޑް ހަފްލާގައި އުރީދޫ މޯލްޑިވްސްއިން ވަނީ ޖުމްލަ ހަތަރު އެވޯޑެއް ހާސިލްކޮށްފައެވެ. އެއީ ބިޒްނަސް އޮފް ދި އިޔަރ އެވޯޑް، ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް އޮފް ދި އިޔަރ އެވޯޑާއި އެކްސެލެންސް އިން އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން އެވޯޑް އަދި ޕީޕަލްސް ޗޮއިސް އެވޯޑްސް ކެޓަގަރީގެ ބެސްޓް ސީއެސްއާރު ޕްރޮގްރާމްގެ އެވޯޑެވެ.
މީގެ ތެރެއިން ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް އޮފް ދި އިޔަރ އެވޯޑާއި އެކްސެލެންސް އިން އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން އެވޯޑަކީ މިދިޔަ އަހަރުވެސް އެކުންފުނިން ހޯދާފައިވާ އެވޯޑެއްކަން ފާހަގަކޮށްލެވެއެވެ.
ބްލޭޒަން އިންކޯޕަރޭޭޓެޑް ކުންފުނީގެ ފަރާތުން ކުރިއަށްގެންދާ މި ބިޒްނަސް އެވޯޑްގައި ފަސް ދާއިރާއަކުން 29ކެޓަގަރީއެއްގެ އެވޯޑް ވަނީ ދީފައެވެ.
މިއީ މި އެވޯޑް ކުރިއަށްގެންދެވޭ ދެވަނަ އަހަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް