ބޮމެއް އޮތް ކަމަށްބުނެ، މީހުންނަށް ބިރުދެއްކި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ބޮމެއް އޮތް ކަމަށް ބުނެ ބިރު ދެއްކި މީހަކު ހދ. ހަނިމާދޫ އިންޓަނޭޝަލް އެއާޕޯޓުން މިއަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހަނިމާދޫ އެއާޕޯޓަށް ފުރަން ގޮސް ހުރި ދިވެހި ފިރިހެނަކު ބޮމެއް އޮތް ކަމަށް ބުނެ ބިރު ދައްކާފައިވާ ކަމުގެ މަޢުލޫމާތު އެ އިދާރާއަށް ލިބިފައިވާ ކަމަށެވެ.
އަދި އެ މައްސަލައިގައި އެ ފިރިހެން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން މި މައްސަލަ ތަހުގީގު ކުރަމުންދާއިރު، އެ މައްސަލައާގުޅޭ އިތުރު ތަފްސީލް އެ އިދާރާއިން އަދި ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް