N/A
N/A
ހަބަރު 01 Feb 2019 | 12:24

"ގޮސިޕް ގާރލް" ގެ ރީބޫޓެއް ފެނުމުގެ ފުރުސަތު އެބައޮތް: ޕްރޮޑިއުސަރުން

2007 ވަނަ އަހަރުން ފެށިގެން 2012 ވަނަ އަހަރާއި ހަމައަށް ޓީވީތަކުން "ޑްރާމާ" އަށް ލޯބިކުރާ ފަރާތްތަކަށް ޙާއްސަކޮށް ގެނެސްދިން މަޤްބޫލު ސީރީޒް "ގޮސްޕް ގާރލްސް" އަލުން އުފެއްދުމުގެ ޚިޔާލެއް ގެންގުޅޭކަމަށް އެ ސީރީޒް ޕްރޮޑިޔުސްކުރި އެމެރިކާގެ "ސީ.ޑަބްލިޔު ޓެލެވިޝަން ނެޓްވޯރކް" އިން ވަނީ ހާމަކޮށްފައެވެ.

އެމެރިކާގައި ދިރިއުޅޭ މުއްސަނދި ޒުވާނުންތަކެއްގެ ދިރިއުޅުމުގަ ހިނގާ ޤަބޫލުކުރަން ދަތި، އެހެންނަމަވެސް ހަޤީގަތާ ގާތްކުރާ މޮޅެތި ވާހަކަތަށް ދައްކުވައިދޭ "ގޮސްޕް ގާރލް" ސީރީޒަކީ، ތަފާތު ސްޓޯރީއާއެކު މީގެ އަހަރުތަކެއް ކުރިން ބެލުންތެރިންގެ މެދު އަރައިގެންދިޔަ އުފެއްދުމެކެވެ.

"ސީ.ޑަބްލިޔު" ނެޓްވޯކްގެ ރައީސް މަރކް ޕެޑޮވިޓްޒް މައުލޫމާތުދިން ގޮތުގައި "ގޮސިޕް ގާރލް" ގެ ވާހަކަ އަނެއްކާވެސް ތަފާތު ގޮތަކަށް ބެލުންތެރިންނާއި ހަމަޔަށް ގެނެސްދިނުމުގެ ވާހަކަ އެ ކުންފުނި ތެރޭން ދަނީ ދެކެވެމުންނެވެ.

"ގޮސިޕް ގާރލް" އަށް ފަހު ހަމަ އެފަދަ ވާހަކައަކާއި އެކު އެމެރިކާގެ ޓީވީ ސްކްރީންތަކުން ފެނިގެންދިޔަ "ޕްރިޓީ ލިޓްލް ލަޔާރޒް" ވެސް ބެލުންތެރިންގެ މެދުގައި ކާމިޔާބު އުފެއްދުމަކަށް ވެގެންގޮސްފައުވާ އިރު، ގިނަ ބަޔަކު ދެކޭ ގޮތުގައި މިހާރުގެ ގިނަ ޒުވާނުން އިންތިޒާރު ކުރަމުންދަނީ "ގޮސިޕް ގާރލް" ގެ ފެންވަރުގެ އެހެން ޝޯ އެއް ބަލައިލުމަށެވެ. އަދި "ގޮސިޕް ގާރލް" ގެ އެންމެ ފަހު އެޕިސޯޑް އެޅުވިތާ މިއަދަށް 7 އަހަރު ވެފައިވާއިރު، "ގޮސިޕް ގާރލް" ގެ ވާހަކަ އޭގެ މައްޗަށް ބިނާވެފައިވާ މީސް މީޑިޔާއަކީ މިހާރު މީހުންގެ ދިރިއުޅުމުގައި އޭރަށް ވުރެ މާ ބޮޑު ދައުރެއް އަދާކުރާ ވަސީލަތެއްކަންވެސް ފާހަގަކޮށްލެވެއެވެ.

"ގޮސްޕް ގާރްލް" ގެ ރީބޫޓެއް ވެގެންދާނީ ޓީވީ ތަކުން ފަހުގެ އަހަރުތަކުގައި ފެންނާނެ އެންމެ މޮޅު، އެންމެ މަޤްބޫލް އުފެއްދުންކަމަށް އެ ޝޯގެ ގިނަ ފޭނުން އެއްބަސްވެއެވެ. އަދި ސީރީޒް ނިމުނުތާ 7 އަހަރު ފަހުންވެސް މި ޝޯ އަށާއި ޝޯގެ ފަންނާނުންނަށް އޮތް ތަރުޙީބު މާ ބޮޑަށް ހީނަރުވފައިވާކަމެއްވެސް ފާހަގަ އެއް ނުކުރެވެއެވެ. "ގޮސިޕް ގާރލް" އިން ފެނިގެންދިޔަ ގިނަ ތަރިން އަދިވެސް ދަނީ ހޮލިވޫޑް ގައި ޙަރަކާތްތެރިވެ މޮޅެތި އުފެއްދުންތަކެއް ބެލުންތެިންނާ ހިއްސާ ކުރަމުންނެވެ. އެގޮތުން ބްލޭކް ލައިވްލީ އަދި ޕެން ބެޖްލީ (ނެޓްފްލިކްސް ގެ "ޔޫ") އެކްޓިންގެ ދާއިރާގައި ކުރަަމުން އަންނަ މަސައްކަތްތަށް ފާހަގަކޮށްލެވެއެވެ.

"ގޮސިޕް ގާރލް" އުފެއްދި "ސީ.ޑަބްލިޔު" ނެޓްވޯކްގެ ރައީސް މަރކް ޕެޑޮވިޓްޒް ބުނާގޮތުގައި ސީރީޒް ރީބޫޓްކުރުމުގެ ކަންތައް އޮތީ ހަމަ އެއްކޮށްވެސް އެ ޝޯގެ އަސްލު ލިޔުންތެރިންގެ މައްޗަށް ދޫކޮށްލާފައެވެ. ސްކްރީން-ރައިޓާރސް ގެ ގޮތުގައި 2007 ވަނަ އަހަރުން ފެށިގެން 2012 ވަނަ އަހަރަށް "ގޮސިޕް ގާރލް" ގައި މަސައްކަތްކުރި ޖޯޝް ޝްވާރޓްޒް އަދި ސްޓެފަނީ ސެވެޖް މިކަމާ މެދު ވަކި ބަހެއް ބުނެފައި ނެތުމުން ފޭނުންނަށް މި ރީބޫޓާއި މެދު ޔަޤީން ޖަވާބެއް ވަނީ ނުލިބިފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...