ސައުދީ އަށް ހަނދު ފެނިއްޖެ، މާދަމާ އެ ގައުމަށް ރޯދަ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
މާދަމާ އަކީ މި އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމަށް ސައުދީ ސަރުކާރުން ދެންމެ ކަނޑައަޅާ އެކަން އިއުލާނު ކޮށްފި އެވެ.
ސައުދީގެ ކަމާގުޅޭ އިދާރާ އިން ބުނީ އެ ގައުމަށް ހަނދު ފެނިފައިވާ ކަމަށެވެ. އެހެން ކަމުން މި މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މާދަމާ ކަމުގައި ކަނޑައަޅާފައިވާ ކަމަށެވެ.
ސައުދީން މިގޮތަށް އިއުލާނު ކުރި ނަމަވެސް އިސްލާމީ ބައެއް ބޮޑެތި ގައުމުތަކުން ވަނީ ހަނދު ނުފެންނަ ކަން އިއުލާނު ކޮށްފަ އެވެ. އެގޮތުން ތުރުކީއާ މެލޭޝިޔާ ފަދަ ގައުމުތަކުން ވަނީ އެ ގައުމުތަކަށް ހަނދު ފެނުމުގެ ފުރުސަތެއް ނެތް ކަމަށް ބުނެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް