ފޮޓޯ ޝެއަރކުރެވުނީ އޮޅިގެން، މައާފަށް އެދެން: އިސްގާޒީ ހައިލަމް
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ގައިގައި ހިލިހިލާ އަޅުވާފައިވާ ފޮޓޯ ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ ވައިބާ ގްރޫޕްގައި ޝެއަރކުރެވުނީ އޮޅިގެންކަމަށް އިސްގާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެއެވެ.
ހައިލަމް މިހެން ވިދާޅުވީ ޖޭއެސްސީން މި މައްސަލަ ބެލުމަށް ނިންމާފައިވަނިކޮށް މިރޭ ނެރުއްވި ބަޔާނެއްގައެވެ.
އިސްގާޒީ ހައިލަމް ވިދާޅުވީ ވައިބަރ ގްރޫޕްގައި ނަސްރުގެ ދުވަހުގެ ތަހުނިޔާާ ކިޔުމަށް ލާފައިވާ ފޮޓޯ އެގްރޫޕަށް ލާފައިވަނީ އެ ފޮޓޯގައި ހ.ހާޖަރާގޭ އަބްދުﷲ ލުތުފީ ހުރިކަން އެނގުމުން ދެން އެ ފޮޓޯގައި ތިބީ ކޮން ފަރާތްތަކެއްކަން ބެލުމަކާއި ނުލައިކަމަށެވެ. އެގޮތުން އެ ފޮޓޯގައި ރައީސް ޞާލިހާއި ރައީސް ނަޝީދަށް ނިސްބަތްކުރެވޭފަދަ ކުރެހުމެއް ހުރިކަން އެނގިފައިނުވާކަަމަށާއި އެފަދަ ކުރެހުމެއް އިންކަމަށް ވިސްނާލެވިފައިވެސް ނުވާކަމަށް އެބޭފުޅާ ވިދާޅުވިއެވެ.
"އެކަމަށްޓަކައި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ދިވެހިރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުންގެ އަރިހުން ނިހާޔަތަށް މައާފަށް އެދެމެވެ"، ހައިލަމް ވިދާޅުވިއެވެ.
މީގެ އިތުރުން އެބޭފުޅާ ބަޔާާނުގައި ވިދާޅުވީ އެ ފޮޓޯ ޝެއަރކުރި ވައިބަރ ގްރޫޕަކީ ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ ޕްރައިވެޓް ގްރޫޕެއް ނަމަވެސް އެ ފޮޓޯ ޝެއަރކޮށްފައިވަނީ ސޯޝަލް މީޑިޔާގައި ނަސްރުގެ ދުވަހުގެ ތަހުނިޔާ ކިޔުމަށްކަމަށްބުނެ ސިޔާސީ ބައެއް ފަރާތްތަކުން އެބޭފުޅާ ބަލަމުންދާ މައްސަލައަކަށް ނުފޫޒުފޯރުވުމުގެ ގޮތުން އެބޭފުޅާ ރިޝްވަތު ނަންގަވާފައިވާކަމަށް ތުހުމަތުކޮށް ވާހަކަދައްކާފައިވާކަަމަށެވެ.
އަދި އެއީ ކޯޓުގައި ހިނގަމުންދާ މައްސަލައަށާއި ފަނޑިޔާރެއްގެ ހައިސިއްޔަތުން ހައިލަމް ކުރަމުންދާ މަސައްކަތަށް ނުފޫޒުފޯރުވުމަށް ކޮށްފައިވާ އަމަލުތަކެއް ކަމުގައިވީނަމަވެސް، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެއްވެސް ފަރާތަކަށް ނާޖާާއިޒު މަންފާއެއް ހޯދައިދޭން މަސައްކަތް ކޮށްފައި ނުވާނެކަމަށް ހައިލަމް ވަނީ ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް