މަޖިިލިސް އިންތިޚާބަށް 4000 ވުރެ ގިނަ އޮފިޝަލުން
އަންނަ މަހުގައި ބާއްވާ މަޖިލިސް އިންތިޚާބަށް ބޭނުންވާ އޮފިޝަލުން ހަމަވެއްޖެކަމަށް އީސީން ބުނެފިއެވެ.
މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން އީސީގެ ތަރުޖަމާނު އަދި މެންބަރ އަހުމަދު އަކްރަމް ވަނީ އިންތިޚާބަށް ބޭނުންވާ 4000އަށްވުރެ ގިނަ އޮފިޝަލުން ލިބިފައިވާކަމަށް ވިދާޅުވެފައެވެ. އަދި އެ އޮފިޝަލުންތައް މި މަސް ނިމެންވާއިރަށް ތަމްރީން ކުރެވޭނެކަމަށް އަކްރަމް ވަނީ ހާމަކުރައްވާފައެވެ.
މި އިންތިޚާބަށް އޮފިޝަލުން ހަމަވީ ދެފަހަރަށް އިއުލާންކޮށްގެންކަން ފާހަގަކޮށްލެވެއެވެ.
މަޖިލިސް އިންތިހާބުގެ ފައިނަލް ވޯޓާސް ލިސްޓު އަންނަ އާދިއްތަ ދުވަހު އާންމު ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފަ އެވެ.
މި އިންތިހާބުގައި 408 ފަރާތަކުން ވާދަކުރާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް