މިދިޔަ އަހަރު އޭސީސީއަށް 930 މައްސަލަ ހުށައެޅުނު
އެންޓި ކޮރަޕްޝަން ކޮމިޝަނަށް މިދިޔަ އަހަރުގެ ތެރޭގައި 930 މައްސަލަ ހުށައެޅުނުކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.
އޭސީސީގެ 2018ވަނަ އަހަރުގެ އަަހަރީ ރިޕޯޓް އާންމުކުރުމަށް މިއަދު އޮތް ނޫސްވެރިންގެ ބައްްދަލުވުމެއްގައި ވާހަކަފުުޅު ދައްކަވަމުން އެ ކޮމިޝަންގެ ނައިބު ރައީސް މުއައްވިޒް ރަޝީދު ވިދާޅުވީ މިދިޔަ އަހަރު 930 މައްސަލައެއް އެ ކޮމިޝަންގައި ރަޖިސްޓަރ ކުރެވުނުކަމަށެެވެ. ނަމަވެސް އޭގެ ތެރެއިން ތަހުގީގަށް ބަލައިގެންފައިވަނީ 802 މައްސަލައެކެވެ
ކޮމިޝަންގައި މިވަގުތު ތަހުގީގުކުރަމުންދާ މައްސަލަ ތަކުގެ ތެރޭގައި ހިމެނޭ 238 މައްސަަލައަކީ ދައުލަތުގެ ކުންފުނިތަކަށް ނިސްބަތްވާ މައްސަލަތައްކަމަށް އޭސީސީން ފާހަގަކުރިއެވެ.
"ފެނަކަ ކޯޕަރޭޝަންގެ 52 މައްސަލައެއް، އެސްޓީއޯގެ 31 މައްސަލައެއް، ޕަބްލިކް ސާވިސް މީޑިޔާގެ 23 މައްސަލައެއް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ 19 މައްސަލައެއް، އަދި ގްރޭޓާ މާލޭ އިންޑަސްޓްރީ ޒޯންގެ 13 މައްސަލައެއް، އެމްޓީސީސީގެ 10 މައްސަލައެއް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންއާގުޅޭ 9 މައްސަލައެއް، އަދި އެމްއެމްޕީއާރުސީއާ ގުޅުންހުރި 9 މައްސަލައެއް"، މުއައްވިޒް ވިދާޅުވިއެވެ.
މުއައްވިޒް ވިދާޅުވީ މީގެ ކުރީ އަހަރުތަކުގައި ހުށަހެޅުނު މައްސަލަތައް ހިމެނޭ ގޮތަށް 1299 މައްސަލައެއް ނިންމާފައިވާ ކަމަށާއި ނަމަވެސް އޭގެ ތެރެއިން 1292 މައްސަލައެއްގައި ކޮރޮޕްޝަންގެ އަމަލެއް ނެތް ކަމަށް ތަހުގީގަށް އެނގިފައިވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް