މެމްބަރު އަބްދުއްރަހީމް، ރިފާއު އަދި ޝަމްހީދު
މެމްބަރު އަބްދުއްރަހީމް، ރިފާއު އަދި ޝަމްހީދު
ހަބަރު 29 Sep 2026 | 14:30

މަޖިލީހުގެ ތިން މެންބަރަކަށް ހަދިޔާގެ ގޮތުގައި މިލިއަނެއްހާ ރުފިޔާ

ރައްޔިތުންގެ މަޖިލީހުގެ ތިން މެންބަރަކަށް ހަދިޔާގެ ގޮތުގައި މިލިއަނެއްހާ ރުފިޔާލިބިފައިވާކަމަށް ރައްޔިތުންގެ މަޖިލީހުން އާންމުކުރި  މެންބަރުންގެ މާލީ ބަޔާންތަކުން ހާމަވެއްޖެއެވެ.

މަޖިލީހުގެ އިދާރާއިން އަންގާރަ ދުވަހު އާންމުކުރި މެންބަރުންގެ އަހަރީ މާލީ ބަޔާންތަކުގައިވާ ގޮތުން، ހަދިޔާގެ ގޮތުގައި ފައިސާ ލިބިވަޑައިގެންފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި، މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު އަދި ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝާމްހީދަށެވެ. މީގެ ތެރެއިން މަޖިލީހުގެ ރައީސް އަބްދުއްރަހީމާއި މެންބަރު ރިފާއު އަކީ ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ ދެ ބޭފުޅުންނެވެ.

ޕީއެންސީގެ ޗެއާޕާސަންގެ މަގާމުގައި ވެސް ހުންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް ހާމަކުރައްވާފައިވާ ގޮތުގައި، އެ މަނިކުފާނަށް ހަދިޔާގެ ގޮތުގައި 120,191.76 ރުފިޔާ ވަނީ ލިބިވަޑައިގެންފައެވެ. އަދި އެ ފައިސާ ހޭދަކުރައްވާފައިވަނީ ދަތުރުފަތުރުގެ ކަންކަމަށާއި ކްރެޑިޓް ކާޑުގެ ބިލްތައް ދެއްކެވުމަށް ކަމަށް އެ މަނިކުފާނުގެ ބަޔާނުގައި ބަޔާންކުރައްވާފައިވެއެވެ.

މީގެ އިތުރުން، މެންބަރު ރިފާއުއަށް ހަދިޔާގެ ގޮތުގައި 300,000 ރުފިޔާ ލިބިވަޑައިގެންފައިވާއިރު، މެންބަރު ޝާމްހީދަށް ވަނީ ހަދިޔާގެ ގޮތުގައި 36,000 އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް 555,120 ރުފިޔާ) ލިބިވަޑައިގެންފައެވެ. ނަމަވެސް، މި ދެ ބޭފުޅުންނަށް ލިބިވަޑައިގެންނެވި ފައިސާ ހޭދަކުރެއްވި ގޮތުގެ ތަފްސީލެއް މާލީ ބަޔާނުގައި ހާމަކުރައްވާފައެއް ނުވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، މާލީ ބަޔާން ހުށަހެޅުމުގެ ސުންގަޑި ކަމަށްވާ އޮގަސްޓް 31 ގެ ނިޔަލަށް 93 މެންބަރުންގެ ތެރެއިން 91 މެންބަރަކު ވަނީ ބަޔާން ހުށަހަޅުއްވާފައެވެ. ކަނޑައެޅިފައިވާ މުއްދަތުގައި ބަޔާން ހުށަނާޅުއްވަނީ ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ ދެ މެންބަރުން ކަމަށްވާ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުޙައްމަދު (ޖަނާބު) އާއި ނައިފަރު ދާއިރާގެ މެންބަރު ޔާސީން އަބްދުﷲ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބަޔާންކުރާ ގޮތުން، ކޮންމެ މެންބަރަކު ވެސް އެ ބޭފުޅެއްގެ އަހަރީ އާމްދަނީ އާއި، ބޭންކު އެކައުންޓްތަކުގައިވާ ފައިސާގެ އަދަދާއި، ނަންގަވާފައިވާ ލޯނުތަކުގެ އިތުރުން މިލްކިއްޔާތުގައިވާ އެންމެހައި މުދަލުގެ ތަފްސީލު ހިމެނޭ މާލީ ބަޔާނެއް ކޮންމެ އަހަރަކު މަޖިލީހަށް ހުށަހަޅަންޖެހެއެވެ. މީގެ އިތުރުން، ވިޔަފާރި ކުންފުނިތަކުގެ ހިއްސާ އާއި، އަތުގައި ހުރި ނަގުދު ފައިސާ އާއި، ވިއްކާފައިވާ މުދަލުގެ ތަފްސީލުގެ އިތުރުން އަމިއްލަ ފިކުރީ މުދަލުގެ މައުލޫމާތު ވެސް ހިމަނަންޖެހެއެވެ.

ހަމައެއާއެކު، ދެފުށް ފެންނަ ގޮތެއްގައި ކަންކަން ކުރިއަށް ގެންދިއުމުގެ ގޮތުން، މެންބަރުންގެ އަނބިކަނބަލުން ނުވަތަ ފިރިކަލުން އަދި 18 އަހަރު ނުފުރޭ ދަރިންގެ މާލީ މައުލޫމާތުތައް ވެސް މި ބަޔާނުގައި ފުރިހަމައަށް ހާމަކުރުމަކީ ގާނޫނުން ލާޒިމުކުރާ ކަމެކެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...