އިދިކޮޅުގެ މުޒާހަރާއިން ހައްޔަރުކުރެވުނު މީހުންގެ މައްޗަށް ދައުވާއެއް ނުކުރާނެ!
ކުރީގެ ރައީސް އަބްދުﷲ ޔާމީން ދޫކޮށްލުމަށް ގޮވާލާ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ކުރި މުޒާހަރާގައި ހައްޔަރުކުރެވުނު ފަރާތްތަކުގެ މައްޗަށް ދައުވާނުކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމައިފިއެވެ.
ޕީޖީ އޮފީހުން ބުނީ އެފަރާތްތަކުގެ މައްޗަށް މިިދިޔަ މަހުގެ 30ވަނަ ދުވަހުގެ ރޭ ކުރި މުޒާހަރާއާއި ގުޅިގެން ދައުވާ ނުކުރުމަށް ނިންމީ ދައުވާ ކުރާނެ މަސްލަހަތެއް އޮތް މައްސަލައެއް ކަމަށް ނުފެންނާތީކަމަށެވެ.
ފުލުހުން ވަނީ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅި ކަމުގެ ތުހުމަތުގައި ހަތަރު މީހެއްގެ މައްޗަށް ދައުވާކުރުމަށް ފޮނުވާފައެވެ.
ރާއްޖޭގެ އޮންލައިން ނޫހެއްކަމުގައިވާ "ސަން"އަށް މައުލޫމާތު ދެއްވަމުން ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ އެފަދަ މައްސަލަތަކުގައި ދައުވާކުރާ އިރު ބަލަނީ މީހަކަށް ގެއްލުމެއް ދިނުން ނޫނީ ދައުލަތުގެ މުދަލަކަށް ގެއްލުން ދިނުން ފަދަ ބޮޑެތި މައްސަލަތަކަށް ކަމަށާއި ނަމަވެސް އެ މައްސަލަ އަކީ ވަރަށް ކުޑަ މައްސަލައަކަށް ވުމުން ދައުވާ ނުކުރަން ނިންމާފައިވާ ކަމަށެވެ.
މި މައްސަލަ އަނބުރާ ފޮނުވާާލާފައިވަނީ މިދިޔަ ހޯމަ ދުވަހުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް