އައިޖީއެމްއެޗްގައި ނަފްސާނީ ބަލިތަކުގެ މަރުކަޒެއް ހުޅުވައިފި
އައިޖީއެމްއެޗްގައި ނަފްސާނީ ބަލިތަކުގެ ގައުމީ މަރުކަޒެއް ހުޅުވައިިފިއެވެ.
ނޭޝަނަލް މެންޓަލް ހެލްތް ސެންޓަރ ނަމުގައި ހުޅުވި މި މަރުކަޒު މިއަދު ހެނދުނު ހުޅުއްވާދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މި މަރުކަޒަކީ ނަފްސާނީ ބަލި ތަޙައްމަލްކުރާ މީހުންނަށް ރައްކާތެރި އަދި އެފަދަ މީހުންނާއި އެމީހުންގެ ޢާއިލާތަކުގެ އިތުބާރު ހޯދައިގެން ފަރުވާ ފޯރުކޮށްދިނުމުގެ މަގުޞަދުގައި ހުޅުވި މަރުކަޒެކެވެ. މި މަރުކަޒުގައި އައުޓްޕޭޝަންޓް، އިންޕޭޝަންޓް ޚިދުމަތްތަކުގެ އިތުރުން މަލްޓިޑިސިޕްލިނަރީ އެޕްރޯޗެއް މެދުވެރިކޮށް މުޖުތަމަޢުގެ ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމަށް ވެސް މަސައްކަތްކުރާނެއެވެ.
އައި.ޖީ.އެމް.އެޗްގައި ޤާއިމުކޮށްފައިވާ މެންޓަލް ހެލްތު ސެންޓަރުން ފޯރުކޮށްދޭ ޚިދުމަތްތަކު ތެރޭގައި އޯޕީޑީގައި ބަލިމީހުން ބެލުމާއި، އެނދުމަތިކޮށްގެން ދެވޭ ފަރުވާ ދިނުން ހިމެނެއެވެ. އަދި އަވަސް ފަރުވާއަށް ބޭނުންވާ ބަލި މީހުންނަށް ފަރުވާދިނުމުގެ އިތުރުން ނަފްސާނީ ބަލިތައް ވަޒަންކުރުމާއި، ބަލި ދެނެގަތުމާއި، ބޭހުގެ އެހީގައި ފަރުވާދިނުމާއި، ސައިކޮލޮޖިކަލް ޚިދުމަތްތަކާއެކު ފަރުވާ ދިނުމާއި، ރީހެބިލިޓޭޝަން އަދި އޮކިއުޕޭޝަނަލް ތެރަޕީ ދިނުން ފަދަ ތާފާތު އެކި ޚިދުމަތްތައް ހިމެނެއެވެ.
މީގެ އިތުރުން ސަރަޙައްދީ ހޮސްޕިޓަލްތަކާ ގުޅިގެން، އައުޓްރީޗް ސްޕެޝަލިސްޓް ޚިދުމަތްވެސް މި ސެންޓަރުން ފޯރުކޮށްދޭނެއެވެ. އަތޮޅު އަދި ރަށު ފެންވަރުގައި މި ސެންޓަރުގެ ޚިދުމަތް ލިބޭނެ ގޮތަށް، ކޮންމެ އަތޮޅެއްގައި މެންޓަލް ހެލްތްކެއަރ ކޯޑިނޭޓަރުން ބޭތިއްބުމަށް ވެސް ސަރުކާރުން މިހާރު ވަނީ ނިންމަވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް