ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު ނިޔާާޒު ދިފާއުކުރައްވައިފި
ކައުންސިލަރުންނާާއި މޭޔަރުން ވަކިކުރުމުގެ ބާރު މަޖިލީހަށް ލިބޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ހުށައެޅުނު އިސްލާހު، އެ ގާާނޫނަށް އިސްލާހު ހުށައެޅުއްވި ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒު ދިފާއުކުރައްވައިފިއެވެ.
ނިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާނޫނު އަސާސީއާއި ޚިލާފަށް ސަރުކާރުން ބިލެއް މަޖިލީހަށް ހުށައަޅާނެކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި އެ ބިލް އެބޭފުޅާ ސަރުކާރުގެ ފަރާތުން ހުށައެޅުއްވީ ގާނޫނު އަސާސީއާއި ޚިލާފުނުވާކަން ކަށަވަރުކޮށްފައިކަމަށް ނިޔާޒް ވިދާޅުވިއެވެ.
އެ އިސްލާހުގައި ބުނެފައިވާ ގޮތުގައި ކައުންސިލަރަކު ނުވަތަ ކައުންސިލުގެ ރައީސެއް ނުވަތަ މޭޔަރެއްގެ ޒިންމާތަކާއި ވާޖިބުތައް އަދާނުކުރާކަމަށް އެލްޖީއޭއަށް ފެނިއްޖެ ހާލަތެއްގައި އެ ފަރާތެއް މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް އެލްޖީއޭގެ ފަރާތުން ހުށައެޅިދާނެއެވެ. މިގޮތަށް އެލްޖީއޭއަށް ހުށައެޅޭނީ ބޯޑު މެންބަރުންގެ ތެެރެއިން ތިންބައިކުޅަ ދެބައި ވޯޓު ލިބިގެން ކަމަށް އިސްލާހުގައިވެއެވެ.
އެލްޖީއޭއަށް ކައުންސިލަރަކާއި ގުޅިގެން މައްސަލައެއް ހުށައެޅިއްޖެ ހާލަތެއްގައި އެ މައްސަލަ ބެލުމަށް އިންކުއަރީ ކޮމިޝަނެއް އެކުލަވާލަން ޖެހޭނެކަމަށް ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގައި ބުނެފައިވެއެވެ. އަދި އެ އިންކުއަރީ ކޮމިޝަނުން މައްސަލަ ބެލުމަށް ފަހު ރަނގަޅު ކުރަން ޖެހޭ ކަންކަން ކައުންސިލަށް އެންގުމަށްފަހު ރަނގަޅު ނުކުރާނަމަ އެކުލަވާލި ރިޕޯޓް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ވަނީ ހިމަނާފައެވެ.
ލާާމަރުކަޒީ ގާނޫނަށް ގެނައުމަށް ވިސްނަމުންދާާ މި އިސްލާހުގެ ސަބަބުން އެ ނިޒާމުގައި ރައްޔިތުންގެ ބާރުވެރިކަން ކުޑަވެ، ގާނޫނު ހަދާ ބާރުގެ ނުފޫޒު ފޯރާނެކަމަށް ގިނަ ފަރާތްތަކުން ދަނީ ބުނަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް